ކުރީގެ ލޯބިވެރިޔާ ޝާހިދުވެސް ޕްރިޔަންކާއަށް މަރުހަބާ ކިޔައިފި

ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނަސްގެ އެންގޭޖްމެންޓްގެ ޚަބަރު އެދެތަރިން އިއުލާން ކުރުމާއެކު، މަޝްހޫރު ފަންނާނުން އަންނަނީ އެދެމީހުންނަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.

އެގޮތުން ޕްރިޔަންކާއަށް އެންމެ ފަހުން މަރުހަބާއާއި ތަހުނިޔާގެ ހެޔޮ އެދުންތައް ފޮނުވި އެކަކީ ޝާހިދު ކަޕޫރެވެ. ޝާހިދަކީ ކުރިން ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަރާތެއް ކަމަށް މީޑިޔާގައި އަޑު ފެތުރިގެން ދިޔައެވެ.

ޝާހިދު މިހާރު ކުޅެމުން އަންނަ ފިލްމު ބައްތީ ގުލް މީޓަރ ޗާލޫގެ ޕްރޮމޯޝަންގެ ތެރެއިން އޭނާ ވަނީ ކުރީގެ ލޯބިވެރިޔާ ޕްރިޔަންކާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޝާހިދު ބުނީ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، ކައިވެންޏަކީ އުފާވެރި އެއްޗެއް ކަމަށެވެ. އަދި ޕްރިޔަންކާއަށް އުފާވެރި ހަޔާތަކަށް އެދޭ ކަމަށްވެސް ޝާހިދު ވަނީ ބުނެފައެވެ.

ޕްރިޔަންކާ އަދި ނިކް އެންގޭޖްވެފައިވަނީ ހަމައެކަނި އާއިލާއާއި ގާތް ރައްޓެހިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ "ޓްރޭޑިޝަނަލް" ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެންގޭޖްވުމަށްފަހު އެކަން އެދެތަރިން ވަނީ ސޯޝަލް މީޑިޔާގައި ހާމަކޮށްފައެވެ. އަދި ފަހުން މުމްބާއީގައި ތަރިންނަށް ޚާއްސަކޮށްގެން ޕާޓީއެއްވެސް ބާއްވާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...