ނަރުހުންނަށް ލިބޭ އުޖޫރަ 15 އިންސަތައަށް ބޮޑުކުރަން ނިންމައިފި

އައިޖީއެމްއެޗުގައި މަސައްކަތްކުރާ ބައެއް ނަރުހުން ---- ފޮޓޯ: ސަން އޮންލައިން

ނަރުހުންގެ ވަޒީފާގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ނަރުހުންނަށް އެވްރެޖްކޮށް ލިބޭ އުޖޫރައިގެ 15 އިންސަތަ ކުރިއެރުން ލިބިގެން ދާނެ ކަމަށް ހެލްތް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ

ހެލްތް މިނިސްޓްރީގެ ފަރާތުން ނެރުއްވި- ނޫސްބަޔާނެއްގައި ވިދާޅުވީ، 1 އޯގަސްޓްއިން ފެށިގެން ނަރުހުންގެ ވަޒީފާގެ އައު އޮނިގަނޑައް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާވެގެންދާއިރު ނަރުހުންގެ ހިދުމަތަކީ ކުރިއަރާދިޔުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތަކަށްވުމާއި އެކު، ކުރިން އަމަލު ކުރަމުންދިޔަ ނަރުހުންގެ ވަޒީފާގެ އޮނިގަނޑާ ހިލާފަށް އަލަށް އޮނިގަނޑެއް އެކުލަވާލާފައިވެއެވެ. އަދި އެ އޮނިގަނޑު އެކުލަވާލާފައިވަނީ ކަންތައްތަކެއްގެ މައްޗަށް ރިޔާއަތް ކޮށްފައެވެ

1) މުވައްޒަފުގެ ތައުލީމާ މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭ ގޮތައް
2) ނާރސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުުރުމުން އެ ދާއިރާއިން ކުރިއަރައިގެން ދިޔުމަށް (ކެރިއަރ ޕާރތު) މަގު ފަހިކޮށްދިނުން
3) ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން (ސްޕެޝަލައިޒްޑް ނަރުހުން) ހިދުމަތުގެ ތެރެއަށް ތައާރަފް ވެގެން ދާނެ ގޮތައް
4) އާއްމު އަދި ހާއްސަ ދާއިރާތަކުން މަގާމުގެ ކުރިއެރުން ލިބޭ ގޮތައް

ނަރުހުންގެ އައު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނާއި އައިޖީއެމް ހޮސްޕިޓަލާއި، މޯލްޑިވްސް ނަރސިންގެ އެންޑް މިޑްވައިފާރީ ކައުންސިލާއި، ކަމާއި ގުޅުން ހުރި ޓެކްނިކަލް ފަރާތްތަކުން އަދި އެހެނިހެން އިދާރާތަކުން ދެއްވި އިރުޝާދު ތަކުގެ މައްޗަށް ބަލާފައެވެ. ހެލްތް މިނިސްޓްރީއިން މައުލޫމާތުދޭގޮތުގައި، މި އޮނިގަނޑުގެ ސަބަބުން ނަރުހުން މަތީތައުލީމް ހާސިލްކުރުމަށް ޝައުގުވެރިވެ ހިތްވަރު ލިބިގެންދާނެއެވެ.

އަދި އޮނިގަނޑު ތަންފީޒުވުމާ ގުޅިގެން އެވްރެޖްކޮށް ނަރުހުންނަށް ލިބޭ އުޖޫރައިގެ 15 އިންސަތަ ކުރިއެރުން ލިބިގެން ދާނެ އެވެ. ހެލްތް މިނިސްޓްރީއިން އިތުރަށް ވިދާޅުވިގޮތުގައި، ނަރުހުންގެ އައު އޮނިގަނޑު ތަންފީޒުކުރަން ފެށުމާ އެކު ނަރުހުންަށް ބޭނުންވާ ހައްސަ ތަމްރީން ޕްރޮގްރާމްތައް މަގު ފަހިކޯސް އިތުރު ފުރުސަތު އެ މިނިސްޓްރީގެ ފަރާތުން ހުޅުވާލާނެ ކަމެވެ 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...