ރޮބޮޓިކްސް ޗެލެންޖް މުބާރާތުން މުޅި ދުނިޔެއިން 2 ވަނަ ރާއްޖެއަށް!

ފަސްޓް ގްލޯބަލްއިން ބޭއްވި ބައިނަލްއަޤްވާމީ ރޮބޮޓިކްސް ޗެލެންޖް ނުބާރާތުން މުޅި ދުނިޔޭގެ ދެވަނަ މަޤާމު ދިވެހިރާއްޖެ ހާސިލުކޮށްފިއެވެ.

ދުނިޔޭގެ 175 ޤައުމަށް ވުރެ ގިނަ ޤައުމުތައް ބައިވެރިވި މި މުބާރާތަކީ ކޮލިފިކޭޝަން ރައުންޑްތަކަކަށްފަހު ތިން ޤައުމު ހިމެނޭ ޓީމުތަކަކަށް ބަހާލައިގެން ނޮކައުޓް ރައުންޑްތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ރާއްޖެ ހިމެނޭ ޓީމުގައި ދެން ހިމެނެނީ އައިސްލޭންޑާއި ކޮލަމްބިއާއެވެ. ނޮކައުޓް ރައުންޑްގައި ރާއްޖެ ހިމެނޭ ޓީމުން ވަނީ އެމެރިކާއާއި ސެނެގަލް އަދި ޑެންމާކް ހިމެނޭ ޓީމު ބަލިކޮށްފައެވެ.

މެކްސިކޯ ސިޓީގައި މި މަހުގެ 16-18 އަށް ބޭއްވި މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކޮށްފައިވަނީ ހަސަން ނާސިހު އަބްދުﷲ (17އ)، މުހައްމަދު ޔާމީން ޔޫޝާއު (15އ) އަދި އާމިނަތު ރިދާ (15އ) އެވެ.

މި މުބާރާތުން ރާއްޖެ ހިމެނޭ ޓީމަށް ދެވަނަ މަޤާމު ލިބުނުއިރު، އެއްވަނަ މަޤާމު ލިބުނީ ރުމޭނިއާ، ސިންގަޕޫރު އަދި ޖަރމަނީ ހިމެނޭ ޓީމަށެވެ.

އަހަރަކު އެއްފަހަރު ބާއްވާ ފަސްޓް ގްލޯބަލް ޗެލެންޖަކީ ސައިންސާއި ހިސާބާއި ޓެކްނޮލިޖީގެ އިތުރުން އިންޖިނިއަރިންގް ދާއިރާއަށް ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ޝައުޤުވެރިކަން އަށަގެންނެވުމަށް ކުރިއަށްގެންދާ މުބާރާތެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ދޭދޭ މީހާ 20 އޮގަސްޓް 2018 - 23:14

    ސާަބަސް ދިވެހި ޓީމަށް

  2. ދަނގަޑުދަޚަނާ 20 އޮގަސްޓް 2018 - 10:18

    މިކުދިން މިހެދި އެއްޗެއްގެ މަޢުލޫމާތު ލިޔެލިނަމަ ދޯ އަޅޭ

ގުޅުން ހުރި
Loading...