ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް ހިތަދޫގައި ޕްރޮގްރާމެއް ފަށައިފި

- ފޮޓޯ - މޯލްޑިވުސް ޕޮލިސް ސަރވިސް

ކުުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސ.ހިތަދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިތަދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.


އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ކޮންމެ ހަފްތާއަކު ވެސް ހިތަދޫގެ ހުރިހާ ފިހާރައަކަށް ގޮސް އެތަންތަނުގެ ވެރިފަރާތްތަކާއި ވާހަކަ ދައްކާ ގުޅުން ބަދަހިކުރުމާއި،  އާންމު ހާލަތު ބަލައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި، ގުޅޭ މަޢުލޫމާތު އޮޅުން ފިލުވުމާއި މިފަދަ ކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ކާރޑެއް ފޯރުކޮށް ދެވިފައިވެއެވެ.


މީގެއިތުރުން ހިތަދޫގައި ހިނގާ ވައްކަމުގެ މައްސަލަތައް މަދުކުރުމާއި، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި ކޭޝް ކާޑުގެ މަޢުލޫމާތުތައް ހޯދައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ހޭލުންތެރި ކުރުވުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަަދި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...