އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރު ހަދަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

އިދިކޮޅު އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރު ހަދަމުން ދިޔަ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ޗެނަލް ތާޓީން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހދ.ކުޅުދުއްފުށިން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އިރު އޮއްސުނު ވަގުތު ކޯޓު އަމުރެއްގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ. ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ އިސް ދެ މުވައްޒަފުންނެވެ.

ތިން މީހުން ހައްޔަރުކުރުމަށްފަހު އެ ތިން މީހުންގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

އެމްޑީޕީ އިން މީގެ ކުރިންވެސް ވަނީ ސިޔާސީ ބޭނުންތަކުގައި ސިހުރުގެ ބޭނުން ކޮށްފައެވެ. ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވީ ސިހުރު ހަދައިގެން ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރި ނަމަވެސް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީ އިން ސިހުރު ހެދި މަންޒަރު އެތައް ބަޔަކަށް ވަނީ ފެނިފައެވެ. ކަނޑަށް ފާލަން އަޅައިގެން ކާޅު ހިފައިގެން އެމްޑީޕީ އިން ކުރި ކަންތައްތަކަކީ ސިހުރު ހެދުން ކަމަށް އެތައް ބަޔަކު ތުހުމަތު ކޮށްފައިވީނަމަވެސް، މިކަމާ ގުޅޭ ގޮތުން އެމްޑީޕީ އިން ބުނެފައިވަނީ އެއީ އެމީހުން މަޖަލަށް ކުރި ކަމެއް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...