އިދިކޮޅު ވެރިކަމެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މަތީ ފަންގިފިލާ މަސާޖު ޕާލަރަކަށް ހެދުމަށް ވަނީ ރާވާފައި: ހޯމް މިނިސްޓަރ

ދަރުމަވަންތަ ހޮސްޕިޓަލް. ފޮޓޯ: މޯލްޑިވްސް ޓައިމްސް

އިދިކޮޅުގެ ވެރިކަމެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ މަތީ ފަންގިފިލާ މަސާޖު ޕާލަރަކަށް ބަދަލު ކުރުމަށް ރާވާފައިވާ ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުން ޤާއިމްކޮށްފައިވާ ތަންތަނުގެ މަޤްސަދު އޮޅުވާލައި، އެތަންތަން ހަލާކުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ރާވާފައިވާ ކަމަށެވެ.

މިކަމުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރ އަޒްލީން ވިދާޅުވީ، މި ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ މަތީ ފަންގިފިލާ މަސާޖު ޕާލަރަކަށް ބަދަލު ކުރުމަށް އިދިކޮޅުގެ ވެރިން ރާއްވަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ މައި ވައިގެ ބަނދަރު ޖީއެމްއާރަށް ވިއްކާލާފައިވަނިކޮށް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން، އެ އެއާޕޯޓް ޖީއެމްއާރުގެ އަތުން ބައްލަވައިގެން، އެ އެއާޕޯޓަކީ ދިވެހިންގެ އެއާޕޯޓަކަށް އެމަނިކުފާނު ވަނީ ހައްދަވާފައެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ ޖީއެމްއާރުން އޭރު އޮތް ދިވެހި ސަރުކާރަށް ދެއްކި ފައިސާގެ ތެރެއިން 27 މިލިއަން ޑޮލަރަށް ވީގޮތް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވިދާޅުވެދެއްވަން ޖެހޭނެ ކަމަށެވެ.

ހަމައެއާއެކު އިދިކޮޅުގެ ވެރިކަމެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ޖީއެމްއާރަށް ވިއްކާލުމަށް އިދިކޮޅުން ދޮން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...