އިންޑިޔާގައި ރޭލެއް މަގުން ކަހާލައި 23 މީހުން މަރުވެއްޖެ

އިންޑިޔާގައި ދުވާލަކު 22 މިލިއަނެއްހާ މީހުން ރޭލުން ދަތުުރު ކުރޭ. އެގައުމުގައި އެތައް ބަޔަކު ރޭލް އެކްސިޑެންޓްތަކުގައި މަރުވޭ.

އިންޑިޔާގެ އުއްތަރުޕްރަދޭޝްގައި ރޭލެއް މަގުން ކައްސާލުމުގެ ސަބަބުން 23 މީހުން މަރުވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ކަޓުއަލީ އަވަށް ކައިރިން، ދިއްލީއާއި 100 ކިލޯމީޓަރު ދުރުން ކަމަށް ޚަބަރުތައް ބުނެއެވެ.
 
އިންޑިޔާގެ އުތުރުގައި ހިނގި މިހާދިސާގައި 64 މީހުން ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރޭލު ފުރޮޅާލުމުގެ ސަބަބުން އޭގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އަންނަ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިހާދިސާގަިއ ޒަހަމްވި މީހުންނަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުން. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. މީގެ އިތުރުން މިހާދިސާ ތަހްގީގް ކުރުމަށް އިންޑިޔާގެ ރެއިލްވޭސް މިނިސްޓަރ ސްރޭޝް ޕްރަބޫ ވަނީ އަންގަވާފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޭލު މަގުން ކައްސާލުމުގެ ސަބަބުން ގެއްލުނު ލިބުނު އާއިލާތަކުގެ ހާލު ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށް. އަދި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ފަސްހާސް ފައްސަތޭކަ ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

އަވަށްޓެރި އިންޑިޔާގައި އާއްމުކޮށް ރޭލު އެކްސިޑެންތައް ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އިންޑިޔާގައި ދުވާލެއްގެ މައްޗަށް 22 މިލިއަން މީހުން ރޭލުން ދަތުރުކުރެއެވެ.

މިދިޔަ ނޮވެމްބަރުމަހުގައި އުއްތަރު ޕްރަދޭޝްގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 150 މީހުން ވަނީ މަރުވެފައެވެ.  މީގެ އިތުރުން، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ތެރޭގައި އިންޑިޔާގައި ހިނގި ރޭލް އެކްސިޑެންޓްތަކުގައި 250 މީހުން ވަނީ މަރުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...