އަދާލާތު ޕާޓީގެ މުރައިދޫ ގޮފިން ރައީސް ޔާމީންއަށް ތާއިދު ކުރައްވަން ނިންމަވައިފި

ރައީސް ޔާމީން އަދި ޑރ. މުހައްމަދު ޝަހީމް

އަދާލާތު ޕާޓީގެ މުރައިދޫ ގޮފިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

ފޭސްބުކް މެދުވެރިކޮށް ހއ މުރައިދޫގައި މަސައްކަތް ކުރާ އަދާލަތު ޕާޓީ ގޮފިން ކުރި ޕޯސްޓެއްގައި ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި ރައީސް ޔާމީން އަދި ޑރ. ޝަހީމް އަށް ތާއިދު ކުރައްވަން ނިންމަވާފައިވާކަމަށެވެ. ހއ. މުރައިދޫގެ އަދާލަތު ޕާޓީ ގޮފިން ރައީސް ޔާމީން އަށް ތާއީދު ކުރައްވަން ނިންމަވާފައިވާއިރު، ދާދި ފަހުން އެމަނިކުފާނު ވަނީ ހއ އަތޮޅަށް ވަޑައިގަންފައެވެ. އަދި އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ނިންމާފައިވާ ގިނަ މަޝްރޫއުތަކެއް އިފްތިތާހް ކުރައްވާ، އެ މަޝްރޫއުތަކުގެ ކަމިޔާބީ ފާހަގަކުރައްވާފައިވެއެވެ.

އަދާލަތު ޕާޓީގެ ގޮތްޕަކުން ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާއިރު، ޑރ. ޝަހީމް، އެމަނިކުފާނުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ނިންމެވި ހިސާބުން ފެށިގެން ޑރ. ޝަހީމްއަށް އަދާލަތު ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދު އަންނަނީ ލިބެމުންނެވެ. މީގެކުރިން އަދާލާތު ޕާޓީގައި މަސައްކަތް ކޮށްފައިވާ ޑރ. ޝަހީމްއަށް ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންގެ ތާއީދު ވަނީ ލިބިވަޑައިގެންފައެވެ.

އެގޮތުން ޑރ. ޝަހީމް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމުން ގިނަ އަދަދެއްގެ ދީނީ އިލްމްވެރިން ވަނި އެ ދެބޭފުޅުން އެންޑޯސް ކުރައްވާފައެވެ. މީގެއިތުރުން އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން ވަނީ ރައީސް ޔާމީންއަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...