ދިރާގު ޓީވީއިން ވޯލްޑް ކަޕްގެ މެޗުތައް 4ކޭ ކޮލިޓީގައި، އާ ކަސްޓަމަރުންނަށް ޖޯއިބޮކްސް ހިލޭ!

ރަޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗުތައް 4 ކޭ ކޮލިޓީގައި ބަލާލުމުގެެ ފުރުސަތު ދިރާގުން ފަހިކޮށްދީފިއެވެ.

އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ ނުވަތަ 4 ކޭ އަކީ މިހާރުގެ ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ. މި ކޮލިޓީގައި ވަރލްޑް ކަޕް ބަލާލުމުގެ ފުރުސަތު ދުނިޔޭގައި ވެސް ފޯރުކޮށްދެނީ ވަރަށް މަދު ގައުމެއްގައި، ވަރަށް މަދު އޮޕަރޭޓަރުންނެވެ.

ދިރާގު ޓީވީ މެދުވެރިކޮށް ދިވެހިންނަށް 4 ކޭ ކޮލިޓީގައި ވަރލްޑް ކަޕް ބަލާލުމުގެ ފުރުސަތުު ދިރާގުން ފަހިކޮށްދީފައިވަނީ ޕީއެސްއެމްއާއި ގުޅިގެންނެވެ. ދިރާގުން ބުނީ ވޯލްޑް ކަޕް 4 ކޭ ކޮލިޓީގައި ބަލާލުމުގެ ފުރުޞަތު، ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށްވެސް ލިބިގެންދާނެ ކަމަށެވެ. އަދި ދިރާގުގެ ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް ވެސް މި ފުރުޞަތު ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގު ޓީވީގެ ޚިދުމަތް މިހާރު ވެސް ހޯދަމުންދާ ފަރާތްތަކަށް 4 ކޭ ކޮލިޓީގައި ވޯލްޑް ކަޕް ބަލަން އިތުރު އެއްވެސް ވަސީލަތެއް ގަންނާކަށް ނުޖެހޭނެއެވެ. އެގޮތުން ދިރާގު ޓީވީގެ ޚިދުމަތް ހޯދާ ފަރާތްތަކުން މިހާރު ބޭނުން ކުރަމުންދާ ޖޯއިބޮކްސް މެދުވެރިކޮށް އެ ޚިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު އެކުންފުނިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން މުޅިން އަލަށް ދިރާގު ޓީވީ ގަންނަ ފަރާތްތަކަށް ވެސް ވަރަށް ލުއި ގޮތްތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ޖޯއިބޮކްސް ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ޔޫއެޗްޑީ ނުވަތަ 4 ކޭ ކޮލިޓިގައި ވަރލްޑް ކަޕްގެ މެޗުތައް ދެއްކުމަށް ދިރާގާއި ޕީއެސްއެމް ގުޅިފައިވާއިރު، ދިރާގު ޓީވީއާއި ޕީއެސްއެމް މެދުވެރިކޮށް 4 ކޭ ކޮލިޓީގައި ދެއްކުމަށް ހަމަޖެހިފައިވަނީ ވަރލްޑް ކަޕްގެ ފަހު 10 މެޗެވެ.

މި ޚިދުމަތް ހޯދުމަށްޓަކައި ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ނަމަވެސް ޖޯއިބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ އިންޓަނެޓް އެލަވަންސަށް އިތުރު އެއްވެސް އަސަރެއް ނުކުރާނެއެވެ. ހަމައެއާއެކު މި ޚިދުމަތް ގުޅައި ދިނުމަށްފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ފަދަ ވަސީލަތްތަކުން ރާއްޖޭގެ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެވެސް ޓީވީ ބަލާލެވޭނެއެވެ.

ދިރާގު ޓީވީގެ ޚިދުމަތްތައް ތަޢާރަފް ކުރިތާ މިހާރު އެއް އަހަރު ވެފައިވާއިރު، ދިރާގު ޓީވީ މެދުވެރިކޮށް 95 ޗެނަލް ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި ދާދި ފަހުން ފޯރކޭ ޓީވީ ޗެނަލެއްވެސް ދިރާގު ޓީވީއަށް ވަނީ އިތުރުކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީއަށް ލިބުނު އިތުރު ކުރިއެރުންތަކުގެ ތެރޭގައި އެ ޚިދުމަތަށް ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފް ކުރުމާއި ރާއްޖޭގެ 41 ރަށަކަށް އެ ޚިދުމަތް ފުޅާ ކުރުން ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...