ސަރުކާރުގެ އުންމީދީ އެންމެ ބޮޑު މަޝްރޫޢުއަކީ ބުރިޖުގެ މަޝްރޫޢު

މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބުރިޖު: މި ބުރިޖުގެ މަސައްކަތް ނިންމާ މިއަހަރުގެ ޖުލައި 26 އަށް ހުޅުވާނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތަރައްޤީގެ ތަސައްވަރުގައި ހިމެނޭ އެންމެ އުއްމީދީ އެއް މަޝްރޫއުއަކީ މާލެއާއި ހުޅުލެ ގުޅުވާލެދޭ ބުރިޖުގެ މަޝްރޫއުއެވެ. 

ރައީސް ޔާމީންގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދަކީ މާލެ ހުޅުލެ ބްރިޖް އެޅުމުގެ މަޝްރޫޢުއެވެ. އެގޮތުން މި ބުރިޖުގެ މަޝްރޫޢު ނިންމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު މިބްރިޖްގެ އަމަލީ މަސައްކަތްކަތް ފެއްޓެވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔަ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ތަރައްގީކުރުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން މި ބްރިޖަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ މައިތަނބުކަމަށެވެ.

މިބްރިޖަކީ ކުޑަ ގައުމަކާއި އަދި ބޮޑުގައުމަކާއި ދެމެދު އެޅޭ ބްރިޖެއްކަން ހާމަކުރައްވައި، ރައީސް ވިދާޅުވެފައިވަނީ ބްރިޖަކީ އިގްތިޞާދީ ގޮތުން އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ޗައިނާ އާއި ރާއްޖެފަދަ ކުޑަ ގައުމަކާ ދެމެދު އެޅިގެންދާ ފާލަމެއް ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ދުނިޔޭގެ ޑިޕްލޮމެސީގައި ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާއި ދޭތެރޭގައި އަބަދު އޮންނަން ޖެހެނީ ވާދަވެރިކަން ނޫންކަމަށާއި ބްރިޖްގެ މަސައްކަތުން ފެނިގެން މިދަނީ އިހްތިރާމާއެކީ ކުދިގައުމްތަކާއި ބޮޑެތިގައުމުތަކާއި ދޭތެރޭ އޮންނަ އޯގާތެރިކަމާއި އަޅާލުމުގެ ވަރުގަދަ ރަމްޒެއް ކަމަށެވެ.

މިބްރިޖުން ދިވެހިރައްޔިތުންގެ އެތައް އުއްމީދުތަކެއް ފުރިހަމަވެގެން އަންނަ އިރު މިބްރިޖުމެދުވެރިކޮށް މާލެއާއި ހުޅުލެ އަދި ހުޅުމާލޭގައި ހުންނަ ވިޔަފާރިތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދިރިއުޅޭނެ ތަންތަން އިތުރުވެ، ތޮއްޖެހިފައިވާ ގޭބީސީތަކަށް ބުރިޖުގެ ސަބަބުން ލުއި ކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިބްރިޖުގެ ސަބަބުން މާލޭ އޭރިއާގެ ދަތުރު ފަތުރަށް ބޮޑެތި ލުއިތަކެއް ލިބިގެންއަންނައިރު، މި ބްރިޖުގެ މަސައްކަތް ނިމުމުން 15 މިނެޓްތެރޭ ހުޅުލެއާ ހުޅުމާލެއިން މާލެއަށް ދަތުރުކުރެވޭނެއެވެ.

އަދި މާލެއިން ހުޅުލެއާއި ހުޅުމާލެއަށް އެއްފަހަރާއި ގާތްގަނޑަކަށް 6500 މީހުންނަށް ދަތުރުކުރެވޭނެކަމަށް ސަރުކާރުން ބުނެފައިވޭ. ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ގައުމުން ގުޅިގެން ތަރައްގީކުރާ މި ބްރިޖުގެ ދިގުމިނުގައި 2 ކިލޯމީޓަރު ހުންނައިރު ފުޅާ މިނުގައި ވިހި ޕޮއިންޓް ތިނެއް މީޓަރު ހުންނާނެ އެވެ.

ކަނޑުދަތުރު ކުރާ އުޅަނދު ފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދު ފަހަރަށް މިބްރިޖްގެ ދަށުން ދަތުރުކުރެވޭނެއެވެ. 7 ސެޕްޓެމްބަރު 2014 ގައި ފެށި މިބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް އެއްބަސްވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް މިމިސައްކަތް އަންނަ ޖުލައި މަހުގެ 26 ކުރިން އެ މަސައްކަތް ނިންމާ ހަވާލުކުރުމަށް، އެމަސައްކަތްކުރާ ސީސީސީސީ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ބްރިޖުގެ އަގަކީ 210 މިލިއަން ޑޮލަރު ކަމަށްވާއިރު މީގެ ތެރެއިން 126 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ބްރިޖުގެ މަސައްކަތުގެ އެންމެ ފަހު މަސައްކަތް މިހާރު ކުރިއަށްދާއިރު ބްރިޖާއި ގުޅިގެން އެ ސަރަހައްދުގެ މަގުތަކަށް ވެސް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...