އެފް.އެސް.އެމްގެ ޕެޓްރޯލް ޝެޑްތަކުން ޚިދުމަތްދޭ ގޮތްތަކަށް ބަދަލު ގެނެސްފި

ފޮޓޯ: މިހާރު

މާލޭގައި އެފްއެސްއެމް އިން ހިންގާ ޕެޓްރޯލް ޝެޑްތައް އެކި އުޅަނދުތަކަށް ޚާއްސަ ކޮށްފައިވާ ކަމަށް އެސްޓިއޯއިން ބުނެފިއެވެ.

ޗެނަލް ތާރޓީންއަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯއިން ބުނީ މާދަމާއިން ފެށިގެން އެސްޓީއޯގެ ޕެޓްރޯލް ޝެޑްތައް ވަކި އުޅަނދުތަކަށް ޚިދުމަތްދިނުމަށް ޚާއްސަކޮށްފައިވާކަމަށެވެ. އެގޮތުން ސްޓެލްކޯ ކައިރިން އެއް ނަންބަރު ޝެޑުން ތެޔޮ އަޅައިދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ތަކަށް ކަމަށް. އަދި އައިޖީއެމްއެޗް އާއި ކާނިވާ ސަރަހައްދުކައިރީގައި ޤާއިމުކޮށްފައިވާ ޕެޓްރޯލް ޝެޑްތަކުން ހަތަރު ފުރޮޅުލީ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދުތަކަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެސްޓިއޯއިން ބުނެއެވެ.

އެކުންފުނިން ހާމަކުރާގޮތުގައި ޕެޓްރޯލް ޝެޑްތަކުން ޚިދުމަތްދޭ އުޅަނދުފަހަރުތައް ޚާއްސަކުރީ މާލޭގެ ރިންގް ރޯޑް ހަދަމުން ދިއުމާއެކު ޕެޓްރޯލް އެޅުމަށް އެ ސަރަހައްދުތަކަށް އެއްވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ކަަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...