ޔޮޓް ޓުއާސް އިން 447 މިލިއަން ރުފިޔާ މީރާ އަށް ދެއްކުމަށް ޙުކުމް ކޮށްފި

ރާޢްޖޭގެ ސިވިލް ކޯޓް އާއި ފެމެލީ ކޯޓް: ފޮޓޯ އޮންލައިން

އަބްދުﷲ ޖާބިރުގެ ޔޮޓް ޓޫއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހަތަރު ސަތޭކަ ސާޅީސް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އެޑްވައިޒަރ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ސިވިލް ކޯޓުން ޖޫރިމަނާކޮށްފައިވަނީ ހއ. އަލިދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ނުދެއްކުމުންނެވެ.


ސިވިލް ކޯޓުން ވަނީ، ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާއި ގުޅޭ ޖޫރިމަނާ އާއި އެކު މުޅި ޖުމްލަ ހަތަރު ސަތޭކަ ސާޅީސް ހަތް މިލިއަން ދެލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ހަ ރުފިޔާ ބާރަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚާލާސް ކުރުމަށް ޔޮޓް ޓުއާސްގެ މައްޗަށް ޙުކުމް ކޮށްފައެވެ. މީގެ ކުރިންވެސް މީރާއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން، ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ކޯޓުން ޔޮޓް ޓުއާސްގެ މައްޗަށް ވަނީ ޙުކުމް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...