ވީއައިއޭގައި ތާރު އަޅައިގެން ތަރައްޤީ ކުރި މަގެއް ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތާރު އަޅައިގެން ތަރައްގީ ކުރި މަގެއް ހުޅުވާލައިފިއެވެ.

އެމްއޭސީއެލްއިން ބުނީ، މިމަގަކީ މިހާރު ބޭނުން ކުރަމުންދާ ރަންވޭގެ ދެކުނުގައި ހަދާފައިވާ މަގެއް ކަމަށެވެ. އަދި މަގުގެ ދިގުމިނުގައި ބާރަ ސަތޭކަ މީޓަރު ހުންނާނެ ކަމަށެވެ. އިއްޔެ ހުޅުވި މަގަކީ ވީއައިއޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ގުޅާލައިދޭ މަގުކަން ފާހަގަކޮށް އެމްއޭސީއެލްއިން ބުނީ އެ މަގު ބޭނުން ކުރާނީ އެއާޕޯޓްގެ ޓްރާންސްފާ ތަކަށް އެކަނި ކަމަށެވެ.


އެގޮތުން އެ މަގު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާރ ޓެކްސީ ޓާމިނަލްގެ ދަތުރުތަކާއި، އެދެމެދުގައި ކުުރާ އެހެނިހެން ދަތުރުތަކަށެވެ. އެހެން ނަމަވެސް ހުޅުލެއާ ހުޅުމާލެ ގުޅުވާ ލިންކް ރޯޑްގެ މަސައްކަތް ނިމުމުން އެމަގު އާންމުންގެ ދަތުރު ތަކަށްވެސް ހުޅުވާލާނެ ކަމަށް އެމްއޭސީއެލްއިން ހާމަ ކުރެއެވެ.

ވީއައިއޭގައި ތާރު އަޅައިގެން ތަރައްޤީ ކުރި އާ މަގެއް ހުޅުވާލާފައިވާއިރު، ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ތާރު އެޅުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރަންމުންނެވެ. ހުރިހާ ވައްތަރެއްގެ ވެހިކަލް ދުއްވޭ ގޮތަށް ތަރައްގީ ކުރާ މިލިންކް ރޯޑްގެ ޑިޒައިންކޮށް ތަރައްގީ ކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...