"ފިސާރި ދުޅަހެޔޮ" ވިސްނުމުގެ ދަށުން ޔޫއެފްއެސްގެ ފުރަތަމަ ރީޓެއިލް ފިހާރަ ހުޅުވައިފި

ޔުނައިޓެޑް ފުޑް ސަޕްލައިސްގެ ފުރަތަމަ ރީޓެއިލް ފިހާރަ، "ޔުނައިޓެޑް ޝޮޕް"

ރިސޯޓް މާކެޓަށް ސަޕްލައި ކުރުމުގައި ފުންނާބު އުސް ޔުނައިޓެޑް ފުޑް ސަޕްލައިސް ލިމިޓެޑުގެ ފުރަތަމަ ރީޓެއިލް ފިހާރަ މާލޭގައި ހުޅުވައިފިއެވެ.

ޔުނައިޓެޑް ޝޮޕްގެ ނަމުގައި ހުޅުވި އެ ފިހާރައާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ، ފެންވަރު ރަނގަޅު ދުޅަހެޔޮ ތަކެތި ބާޒާރު ކުރުމަށްޓަކައި ޔުނައިޓެޑް ޕްރިމިއަމްގެ ދަށުން ފެށި މަސައްކަތުގެ ތެރޭގައި ހިމެނޭ ތަކެތި އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

ޔުނައިޓެޑް ޝޮޕުން ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ އެކި ޤައުމުތަކުން ހޮވާލާފައިވާ އެންމެ ރަނގަޅު ފެންވަރުގެ އުފެއްދުންތަކެވެ. އެގޮތުން ޔުނައިޓެޑުން ވިއްކާ އެމީ ބްރޭންޑުގެ ކިރާއި ޔޯގަޓް އަދި ޗޮކްލެޓަކީ ރާއްޖޭގެ މާކެޓުގައި މި ބާވަތްތަކުން ލިބެން ހުރި ބްރޭންޑުތަކުގެ ތެރެއިން އެންމެ ރަނގަޅު ބްރޭންޑް ކަމަށް ޔުނައިޓެޑުން ބުނެއެވެ. ހުރިހާ މިންގަނޑުތަކުން ބަލާއިރު ވެސް މި އުފެއްދުންތަކަކީ ސްވިސް މިންގަނޑުތަކަށް ފެތޭ އުފެއްދުންތަކަކަށް ވުމާއެކު، މި އުފެއްދުންތަކުގައި ސްވިސް ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ވެސް ވަނީ ލިބިފައެވެ.

ޔުނައިޓެޑް ޝޮޕުން ވިއްކާ އޯގަނިކް ސްވިސް ޗޮކްލެޓް

ދުޅަހެޔޮ ސިއްހަތަކަށް އެންމެ އެކަށީގެންވާ ތަކެތި ވިއްކުމުގެ ވިސްނުމުގެ ދަށުން ޔުނައިޓެޑުން ވިއްކާ ތަކެތީ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ބްރޭންޑަކީ ފަރަންސޭސިވިލާތުގެ ޑޫ ބްރޭންޑެވެ. ޔޫރަޕުގެ މިންގަނޑުތަކަށް ފެތޭ މި ބްރޭންޑުގެ ކުކުޅާއި ޓަރކީއަކީ ފަރަންސޭސިވިލާތުގައި ވިހައިގެން ބޮޑެތިކޮށް، ޙަލާލު ގޮތުގައި ކަތިލުމަށްފަހު އީޔޫގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރު ކުރާ އުފެއްދުންތަކެވެ.

ޔުނައިޓެޑުން ބުނީ ރާއްޖެއަށް އެތެރެކޮށްގެން ވިއްކާ ބައެއް އެހެން ބްރޭންޑްތަކުގެ ތަކެއްޗާއި ޚިލާފަށް ޑޫ ބްރޭންޑުގެ ތަކެއްޗަކީ ގްރޯތް ހޯމޯންސްއާއި އެންޓި ބަޔަޓިކްސް ނުހިމެނޭ ގޮތަށް، ކާނާގެ ގޮތުގައި ހަމައެކަނި ވެޖިޓަބަލް ފީޑް ދީގެން ބޮޑެތި ކުރާ ތަކެތި ކަމަށެވެ.

މީގެ އިތުރުން ނޮން ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމްސް ނުވަތަ 'ނޮން ޖީއެމްއޯ' ސީރިއަލްގެ ބާވަތްތައް ވެސް ޔުނައިޓެޑްގެ ޝޮޕުން ވަނީ މުޅިން އަލަށް ރާއްޖެއަށް ތައާރަފްކޮށްފައެވެ. ރާއްޖޭގައި ވެސް މަޤްބޫލް ބްރޭންޑެއް ކަމަށްވާ ކެލޯގްސްގެ %100 ސަބްސިޑިއަރީ ކުންފުންޏަކުން މިސްރުގައި އުފައްދާ އެ ސީރިއަލްގެ ބާވަތްތަކަކީ ދުޅަހެޔޮ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ މަޤްސަދުގައި ޔުނައިޓެޑުން ފެށި މަސައްކަތުގެ މުހިންމު ހަރުފަތެއްގެ ގޮތުގައި އެކުންފުނިން ސިފަކުރެއެވެ.

ކެލޯގްސްގެ %100 ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ޓެމީސްގެ ކޯން ފްލޭކްސް

ޔުނައިޓެޑްގެ ރީޓެއިލް ފިހާރަށް އަމާޒުކޮށްގެން އެކުންފުނިން މުޅިން އަލަށް ތައާރަފްކުރި އިތުރު ދެ ބާވަތަކީ ޗިލްޑް ބީފް އާއި ކުކުޅުގެ ޕޯޝަން ކޮންޓްރޯލް ޕެކްސްތަކެވެ. ދެކުނު އެފްރިކާއިން އެތެރެކޮށްފައިވާ ޗިލްޑް ބީފްއާއި ސިލޯނުގެ ބައިރަހާ ބްރޭންޑްގެ އުފެއްދުންތަކަކީ ހުޅުމާލޭގައި ޔުނައިޓެޑުން ޤާއިމުކޮށްފައިވާ އެޗް.އޭ.ސީ.ސީ.ޕީ އަދި އައި.އެސް.އޯ މިންގަނޑުތަކަށް ފެތޭ ޕްރޮސެސިންގް ޔުނިޓުގައި ޕޯޝަންކޮށް، ބަންދުކޮށްފައިވާ އުފެއްދުންތަކެވެ. މިއީ ކެއުމަށް ރައްކާތެރި، ތައްޓަށް ހެޔޮވަރު އަދި ސިއްހީ ގޮތުން ފައްކާވުމުގެ އިތުރުން ޖީބަށް ބަރު ނޫން، ފެންވަރު ރަނގަޅު ތަކެތި ކަމަށް އެކުންފުނިން ބުނެއެވެ.

ޔުނައިޓެޑުން ބުނީ މަހުގެ ބާވަތްތައް އެއްފަހަރު ބޭނުން ކުރުމަށްފަހު އަލުން ގަނޑުކޮށްގެން ބޭނުން ކުރުމަކީ ސިއްޙީ ގޮތުން ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެކުންފުނިން ވިއްކާ ޗިލްޑް ބީފްއާއި ޕޯލްޓްރީގެ އެހެނިހެން ބާވަތްތަކަކީ ވަގުތުން ކެއްކުމަށް ބޭނުންކުރެވޭ ސައިޒަށް ކޮށާފައި ހުންނަ ބާވަތްތައް ކަމަށެވެ.

މީގެ އިތުރުން ޗީޒްގެ މަޝްހޫރު ބާވަތްތައް ކަމަށްވާ ބްރީ، ގައުޑާ، ފިލަޑެލްފިޔާ އަދި ބަފަލޯ މުޒަރެއްލާގެ އިތުރުން ރަނގަޅު ފެންވަރުގައި ބަންދުކޮށްފައި ހުންނަ ކޯލްޑް ކަޓްސްގެ ތެރޭގައި ހިމެނޭ ބީފް ސަލާމީއާއި ސްލައިސްޑް އޮލިވް މޮޓަޑެއްލާ އަދި ސްލައިސްޑް ޓަރކީ ހެމްއާއި ސްލައިސްޑް ޕެޕަރޯނީ ފަދަ ތަކެތި ވެސް ޔުނައިޓެޑް ޝޮޕުން ގަންނަން ލިބެން ހުންނާނެއެވެ.

ހަމައެއާއެކު ތުރުކީންނާއި ފަރަންސޭސިވިލާތުން އެތެރެ ކޮށްފައިވާ ތަރުކާރީއާއި މޭވާ ވެސް ޔުނައިޓެޑް ޝޮޕުން ވިއްކާއިރު، ހަރބްސްގެ ގިނަ ބާވަތްތައް ހިމެނޭ ފުރިހަމަ ރޭންޖެއް، އޭގެ އެންމެ ތާޒާކަމާއެކު ލިބޭނެ ގޮތް ވެސް ޔުނައިޓެޑް ޝޮޕުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ބެސިލް، ރޯޒްމެރީ، ތައިމް، ޓެރަގޯން، ޑިލް އަދި ޕާސްލީގެ އިތުރުން ކޮރިއެންޑާ ފަދަ ހަރބްތައް ތާޒާކަންމަތީގައި ގިނަ ދުވަހު ގެންގުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެތަކެތި އިންދާފައިހުރި ޕޮޓުތަކުގައި ގަންނަން ލިބޭނެ ގޮތް ޔުނައިޓެޑުން ވަނީ އާންމުންނަށް ފަހިކޮށްދީފައެވެ.

ޔުނައިޓެޑުން ވިއްކާ ސިއްޙީ ގޮތުން ދުޅަހެޔޮ މިފަދަ އުފެއްދުންތައް ގަތުމުގެ ކުރިން ރަހަ ބަލާލުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމުގެ ގޮތުން އެ ފިހާރައިގެ ހަތަރުބައިކުޅަ އެއްބައި ޚާއްސަކޮށްފައިވަނީ އެކްސްޕީރިއެންސް ޒޯނަކަށެވެ. ޔުނައިޓެޑްގެ އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ އިތުރުން ތާޒާ ސޭންޑްވިޗާއި ސްމޫތީސް އަދި ސެލެޑާއި ހޫނުކަންމަތީގައި ހުރި ބްރެޑް އާއި ކްރޮސޯންސް ފަދަ ބާވަތްތައް ވެސް އެ ޒޯނުން ލިބޭނެ ގޮތް ޔުނައިޓެޑުން ވަނީ ފަހިކޮށްދީފައެވެ.

ޔުނައިޓެޑް ޝޮޕުގެ އެކްސްޕީރިއެންސް ޒޯން

ރިސޯޓްތަކަށް ސަޕްލައި ކުރުމުގައި 10 އަހަރުގެ ތަޖުރިބާއާއެކު ރީޓެއިލް މާކެޓަށް ނިކުތް ޔުނައިޓެޑްގެ މަސައްކަތްތައް އަދި ނިމުނީއެއް ނޫނެވެ. ޔުނައިޓެޑް ޝޮޕަށްފަހު ކަމުގެ ތަޖުރިބާކާރުންނާއެކު ދެން ޔުނައިޓެޑުން އާންމުންނަށް ހުޅުވާލާނީ ފެންވަރު ރަނގަޅު ސުޕަމާކެޓެކެވެ. އެ ސުޕަމާކެޓަށް ކެތް މަދުވެފައިތިބި ފަރާތްތަކަށް ޔުނައިޓެޑުން ވަނީ ވަރަށް އުފާވެރި ޚަބަރެއް ވެސް ދީފައެވެ. އެ ސުޕަމާކެޓް މި ހިނގާ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުވާނެކަމުގެ އުފާވެރި ޚަބަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...