ޖަޕާނަށް އައި ބިންހެލުމެއްގައި 3 މީހުން މަރުވެއްޖެ

ޖަޕާނުގެ އޮސާކާ ސިޓީއަށް އައި ބިންހެލުމެއްގެ ތިން މީހުން މަރުވެ، 200އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. 


މި ބިންހެލުން އައިސްފައިވަނީ، 6.1 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. ބިންހެލުމާއި ގުޅިގެން ސުނާމީ އިންޒާރެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް އޮސާކާ ސިޓީގެ އެއްލަކަ ހަތްދިހަހާސް ގެއަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެން ދިޔައިރު، އެއްލައްކަ ގެއަކަށްގޭހާއި ފެނުގެ ޙިދުމަތް ވަނީ ކެނޑިފައެވެ.


ޖަޕާނުގެ ލޯކަލް މީޑިއާއެއް ކަމަށްވާ އެންއެޗްކޭއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބިންހެލުމާއި ގުޅިގެން 700 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އަދި އޮސާކާ ސިޓީގެ ޓްރެއިން ދަތުރުތަކާއި، ބައެއް ފްލައިޓްތައްވެސް މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖީ އެޖެންސީއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބާރު ގަދަ ބިންހެލުންތަކެއް އެޤައުމުގެ އެކި ސަރަޙައްދުތަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައެވެ. މީގެ އިތުރުން މިދުވަސްވަރު ބޯކޮށް ވާރޭ ވެހުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ހިނގާފާނެ ކަމަށްވެސް ޖަޕާނުގެ މީޓިއޮރޮލޮޖީއިން ވަނީ ލަފާ ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...