ރަސްފަންނު ޕެވީލިއަންގައި "ޗިކިން" ރެސްޓޯރެންޓް ހުޅުވައިިފި


ރަސްފަންނު ޕެވީލިއަންގައި "ޗިކިން" ރެސްޓޯރެންޓް ހުޅުވައިިފިއެވެ. ރަސްފަންނުގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި މި ރެސްޓޯރަންޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ފުރެންޗައިސް ބްރޭންޑް ޗިކިންގ ގެ ރާއްޖޭގެ ފުރުތަމަ އައުޓްލެޓް ހުޅުވާފައިވާއިރު، މިއީ އެ ބްރޭންޑްގެ 144 ވަނަ އައުޓްލެޓެވެ. ޔޫއޭއީއަށް އުފަން މި ބްރޭންޑަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ އޭކޭ މަންސޫރު ގެ އުފެއްދުމެކެވެ. ކުކުޅުގެ ތަފާތު ބާވަތްތައް އެކުލެވޭ މި ބްރޭންޑް ޕެވީލިއަންގައި ހުޅުވާފައިވާއިރު، މި ބްރޭންޑް ރާއްޖެ ގެނެސްފައިވަނީ ސިބްކޯ ޕްރައިވެޓް ލިމިޓެޑުންނެވެ.

ޗިކިންގ ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗިކިންގ އަކީ ރަސްފަންނު ޕެވީލިއަންއަށް އިތުރު ވެގެން ދިޔަ ބޮޅެއް ކަމަށާއި އެއީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން ރަސްފަންނު ހުރި ސަރަޙައްދުގެ ތާރީޚަށް ޖެހިލުމަށް ފަހު މިނިސްޓަރ ވިދާޅުވީ، އެ ސަރަޙައްދަކީ މީގެ ކުރިން މޫސުން ގޯސްވެ އުދަ އަރަމުން ދިޔަ ސަރަހައްދެއް ކަމަށާއި ނަމަވެސް މިއަދު ރައީސް ޔާމީންގެ ދުރުވިސްނޭ ތަސައްވަރުގެ ސަބަބުން އެސަރަޙައްދު އެކޮށް ތަރައްޤީ ވެފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ފުރެންޗައިސް ގެނެވި، ދުނިޔޭގެ ފެންވަރުގެ ތަނަކަށް މިއަދު ޕެވީލިއަން ބަދަލުވެފައިވާ ކަމަށެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕެވީލިއަން ތަރައްޤީ ކުރި ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ޗިކިންގް ބްރޭންޑް ހުޅުވިގެން ދިޔައީ 2000 ގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މިޑިލް އީސްޓްއާއި ޔޫރަޕްގައި 140 އަށްވުރެ ގިނަ ޗިކިން ގެ އައުޓްލެޓްތައް އެބަހުރި ކަމަށާއި މިފަދަ ބްރޭންޑެއް ރާއްޖެއަށް ތަޢާރަފް ކުރެވިގެން ދިޔުމުން އެކަމާ ވަރަށް ފަޙްރުވެރިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓް ނޫންކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ، ރާއްޖެއިން ބޭރުން ލިބޭ ފެންވަރުގެ ޚިދުމަތްތައް މިއަދު ރާއްޖެއިން ލިބެމުންދާ ކަމަށެވެ.

ޗިކިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިންގެ ހިޔާގެ ތުއްތު ކުދިން ވަނީ ބައިވެރިވެފައެވެ. މި ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ހަދިޔާ ބައްސަވާ އެ ކުދިންނާއި ބަދަލު ކުރައްވާފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގެ ތެރެއިން ހަވާ ވެސް ވަނީ އަރުވާފައެވެ. މީރު ރަހަތައް އެކުލެވޭ ބްރޭންޑް ޗިކިން ރާއްޖެ ގެނެސްފައިވާއިރު، ޗިކިންގެ އިތުރު އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕެވިލިއަންގައި މިހާރު ހުރި ދެ ބްރޭންޑްގެ އިތުރުން ޕެވިލިއަންއަށް އިންޑިއާގެ މަޤްބޫލް ބްރޭންޑެއް ކަމަށްވާ މޮތީ މަހަލް އާއި އައިސް ކްރީމް ގެ ބްރޭންޑެއް ކަމަށްވާ މޫވެންޕިކްގެ އައުޓްލެޓެއް ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...