ލ. އަތޮޅަށްއައީ ކަންބޮޑުވާންޖެހޭ ވަރުގެ ލޮޅުމެއްނޫން: މެޓް އޮފީސް

ލ.އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށްއައި ލޮޅުމަކީ ބިންހެލުމެއް ނޫންކަމަށާއި، އެކަމުގައި ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް ނެތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ. 

މެޓް އޮފީހުން ބުނީ ބިންގަނޑަށް ލޮޅުމެއް އައިސްގެން ލ. އަތޮޅުގެ ބައެއް ރަށްރަށުން އެއިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށާއި، އަދި ގދ. ކާޑެއްދޫގައި ހުރި މެޓް އޮފީހުގެ ސިސްޓަމްތަކުންވެސް މި ލޮޅުން ރެކޯޑް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ބިންހެލުމަކަށް ވާވަރުގެ ލޮޅުމެއް ނޫންކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ބިން ހެލުމެއްގެގޮތުގައި ކަނޑައަޅައި، އެކަމުގެ ނުރައްކާ އޮތްކަމަށް ބަލަނީ ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ބިންގަނޑަށް ލޮޅުންއައުމުންކަމަށް. ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކަށް އައި ލޮޅުމަކީ ވަރަށް ކުޑަކުޑަ ލޮޅުމެއްކަމަށްވެސް މެޓްއޮފީހުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...