ފިތުރު ޢީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި ބާއްވަން ނިންމައިފި

ސްޓޭޑިއަމްގައި މީގެކުރިން ކުރެވުނު އީދުނަމާދެއްގެ ތެރެއިން

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި ބާއްވަން ނިންމާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަޙައްދުގައި މިފަހަރު އީދު ނަމާދުކުރާނެ ތަންތަނާއި މިސްކިތްތައް ވެސް އިއުލާންކޮށްފައެވެ. އެގޮތުން މާލޭގައި ބާއްވާ އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި ބާއްވަން ނިންމާފައިވާއިރު، އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ އިތުރު ވިހި މިސްކިތެއްގައިވެސް އީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައި މީގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ ހުޅުމާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށާއި، އަދި ވިލިނގިލީގައި އީދުނަމާދުގެ ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ވިލިނގިލީ ބޯޅަދަނޑުގައިކަމަށް. މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް އީދު ނަމާދު ކުރާނެ މިސްކިތްތަށް ވަނީ އެމިނިސްޓްރީން ކަނޑައަޅާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޙލޮ 15 ޖޫން 2018 - 03:22

    ނަމާދު ގަޑި؟؟

ގުޅުން ހުރި
Loading...