ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ނަން އޮތްތޯ ބެލުމަށް ޚާއްސަ ޑެސްކެއް އިލެކްޝަންސްއިން ޤާއިމްކޮށްފި

ވެލާނާގޭ ތިރީގައި އިލެކްޝަނުން ގާއިމްކުރި ޑެސްކް

ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ނަން އޮތްތޯ ބެލުމަށް ޚާއްސަ ޑެސްކެއް އިލެކްޝަންސް ކޮމިޝަނުން ޤާއިމްކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، ވޯޓާސް ލިސްޓްގައި ނަން އޮތްތޯ ބަލާ ޝަކުވާ ހުށަހެޅުމަށް ފަސޭހަ ގޮތްތަކެއް އިލެކްޝަންސް ކޮމިޝަަނުންވަނީ ފަހިކޮށްދީފައެވެ. އެގޮތުން ވެލާނާ ގޭގެ ތިރީގައި އާއްމުނަށް ފެންނާނެހެން ޑެސްކެއް ވަނީ ބަހައްޓާފައެވެ. މި ޑެސްކުން ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި އެމީހެއްގެ ނަން އޮތްތޯ ބެލުމުގެ އިތުރުން ވޯޓާރސް ލިސްޓްގައި މައްސަލައެއް ވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައިެވެ.

ވެލާނާގޭގައި މިއަދު ހެދުނު ޤާއިމްކުރި މި ޑެސްކަށް މިހާރުވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށް ދަނީ މައުލޫމާތު ސާފުކުރަމުންނެވެ މިފަދަ ޑެސްކެއް އިލެކްޝަނުން ގާއިމްކޮށްފައިވާއިރު ވޯޓާސް ލިސްޓް އެކޮމިޝަނުން ނެރެފައިވަނީ މިހަފްތާގެ އާދީއްތަ ދުވަހުގައެވެ.

އެލިސްޓު އާންމު ކުރުމަށްފަހު އެކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދަކީ ދެ ލައްކަ ފަސްދޮޅަސް ތިން ހާސް އެއް ސަތޭކަ އައްޑިހަ އެއް މީހުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...