އެމްއެޗް17 ވެއްޓާލީ ރަޝިއާއިން ދިން މިސައިލް ހަމަލާއެއްގައިކަން ތަހުޤީޤަށް ހާމަވެއްޖެ

މީގެ ހަތަރު އަހަރު ކުރިން، މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް ސެވެންޓީން ވެއްޓުނީ ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގެ ސަބަބުން ކަމަށް އެހާދިސާ ތަހްގީގް ކުރި ނެދަލޭންޑްގެ ޓީމަކުން ބުނެފިއެވެ.

2014 ވަނަ އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހު، ނެދަލޭންޑްގެ ވެރިރަށް އެމްސްޓަޑެމްއިން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރަށް ދަތުރު ކުރަމުން ދަނިކޮށް، އެމްއެޗް17 ވެއްޓިފައިވަނީ ޔުކްރެއިންގެ އިރުމަތީ ސަރަޙައްދަކަށެވެ.  ފްލައިޓް ދަތުރު ކުރަމުން ދިޔައީ، ދުއިސަައްތަ ނުވަދިހަ އަށް މީހުންނާއެކުގައެވެ.

ފްލައިޓުން ދަތުރު ކުރި އެންމެން ވަނީ މަރުވެފައެވެ. ފްލައިޓް ވެއްޓުނު ހާދިސާ ތަހްގީގް ކުރި ޓީމުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެމްއެޗް17 ވެއްޓިފައިވަނީ ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގެ ސަބަބުންކަން ސާބިތު ކުރެވޭނެ ވަރަށް ހެކި ލިބިފައިވާ ކަމަށް.ފްލައިޓް ވެއްޓުނު ހާދިސާއާއި އެކު މީގެ ކުރިންވެސް ރަޝިޔާގެ މައްޗަށް ތުހުމަތު ކުރެވުނެވެ.

އެހެންނަމަވެސް ރަޝިޔާއިން ވަނީ އެކަމުގައި އެޤައުމުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށް ބުނެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...