މެޑަމް ފާތުން މިއަދުވެސް އައިޖީއެމްއެޗަށް ވަޑައިގެން ބަލި މީހުންނާއި ބައްދަލު ކުރައްވައިފި

އެންމެ ގާތުން ކެމްޕޭންގެ ދަށުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންގެ ހާލު ބައްލަވައިފިއެވެ.

މެޑަމް ފާތުން އިއްޔެވެސް ވަނީ އައިޖީއެމްއެޗަށް ވަޑައިގެން، އެހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި ބަލި މީހުންގެ ހާލު ބައްލަވާލައްވާފައެވެ.  އެކަމަނާ، އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތުގައި އެޑްމިޓް ކޮށްފައިތިބި ބަލިމީހުންނަށް ދިމާވާ ދަތިތައްވަނީ އޮޅުންފިލުއްވާފައެވެ.


މެޑަމް ފާތުން ކުރިއަށް ގެންދަވާ އެންމެ ގާތުން ކެމްޕޭނަކީ ރައްޔިތުންގެ ހާލު ބެއްލެވުމަށާއި ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން އެކަމަނާ ދާދި ފަހުން ވަނީ މާލެ އަދި ހުޅުމާލޭގަިއ ދިރިއުޅޭ ރައްޔިތުންގެ ގޭގެއަށް ޒިޔާރަތް ކުރައްވާ އެރައްޔިތުންގެ ހާލު ބައްލަވާލައްވާފައެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން އެރަށްތަކުގައި ދިރިއުޅޭ އެކި ފަންތީގެ ރައްޔިތުންނާއި މެޑަމް ފާތުން ވަނީ ބައްދަލު ކުރައްވާފައެވެ. އެކަމަނާ ފާހަގަކުރެވެނީ ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަނބަލެއްގެ ގޮތުގައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...