ފުވައްމުލައް ސިޓީގެ ޔޫތު ސެންޓަރ ރޯދައާއި ދިމާކޮށް އަލުން ހުޅުވައިފި

ފުވައްމުލައް ޔޫތު ސެންޓަރ ފޮޓޯ:ޔޫތް މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ ފަރާތުން ރޯދަ މަހާއި ދިމާކޮށް ރާއްޖޭގެ ރަށްތަކަށް ކުރި ދަތުރުތަކުގެ ތެރެއިން އެ މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އައިފާން އާއި އެގްޒެކެޓިވް ކޯޑިނޭޓަރ އިބްރާހިމް ސައީދު ފުވައްމަލަކަށް ކުރި ޒިޔާރަތުގައި އެ ސިޓީގެ ޔޫތު ސެންޓަރުގެ ހާލަތު ބައްލަވާ އެތަނުގައި ހުރި ގިނަ މައްސަލަތަކަށް ވަނީ މިހާރު ހައްލު ގެނެސްފައެވެ.


ޔޫތު ސެންޓަރު މަރާމާތައް ފަހު އަލުން ހުޅުވުމާއި ގުޅިގެން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އައިފާން ވިދާޅުވީ އެ ރަށު ޒުވާނުންގެ އާބާދީ ބޮޑުވުމާއެކު ޒުވާނުންގެ މަރުކަޒުން ދޭން ޖެހޭ ޚިދުމަތްތައް ވެސް ފުޅާވާންޖެހޭ ކަމަށެވެ. އެގޮތުގެ މަތިން އެރަށުގައި ޤާއިމުކޮށްފައިވާ ޒުވާނުންގެ މަރުކަޒަށް ދިމާވެފައިވާ ދަތިތައް ދެނެގަނެފައިވާ ކަމަށާއި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އައިފާން ވިދާޅުވިއެވެ. އައިފާން ވިދާޅުވި ގޮތުގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް ބޭނުންވާ ބައެއް ކުޅިވަރު ސާމާނުތައް އެ ދަތުރުގައި އެ މަރުކަޒަށް ވަނީ ގެނެސްފައެވެ. އަދި އިންޑޯ ހޯލްގައި މަރާމާތު ކުރެވެން ހުރި ކުޅިވަރުގެ ވަސީލަތްތައް މަރާމާތުކޮށް އިތުރަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ވެސް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ގޮތްތައް ފަހިކުރުމަށް މިނިސްޓްރީގެ ޓީމާ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އައިފާން ވިދާޅުވި.


މި ދަތުރަކީ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ސްޕޯޓްސް އެރީނާގެ މަޝްރޫޢުތައް ބަލާލުމަށް އެ މިނިސްޓްރީން ކުރިދަތުރަކަށް ވެސް ވުމާއެކު މި ސަރުކާރުން ފުވައްމުލައް ސިޓިގައި ޤާއިމްކޮށްފައިވާ ތިން ފުޓްސަލް ދަނޑު ވެސް އެ ދަތުރުގައި ބައިވެރިވި ދެބޭފުޅުން ވަނީ ބައްލަވާފައި. އަދި އިތުރު ތިން ދަނޑު އެ ސިޓީގައި ޤާއިމު ކުރުމަށް ނިންމާފައިކަން ފާހަގަކޮށްލެވޭ.


ފުވައްމުލަކުގެ އިތުރުން މި ދަތުރު ތަކުުގައި ނ. ވެލިދޫއާއި ނ. ހޮޅުދޫއަށް ކުރި ޒިޔާރަތުގައި އެ ދެ ރަށުގެ ޒުވާނުންގެ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުކުރުމަށްފަހު އަލުން ވަނީ ހުޅުވާފައި. މީގެ އިތުރުން ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރުން ވެސް ޚިދުމަތް ދޭން ފަށާފައިވާއިރު ވިލިމާލޭ ފުޓްސަލް ދަނޑުގައި ޓާފް އެޅުމަށްފަހު އެ ދަނޑު އަލުން ހުޅުވާފައިވާކަން ވެސް ފާހަގަކޮށްލެވޭ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...