ގެއްލިފައިވާ ރޯދައިގެ އަދަދު ނޭނގޭނަމަ ކަންތައްކުރާނެ ގޮތަކީ ކޮބާ؟

ސުވާލު: ގެއްލިފާ ވާ ރޯދާގެ އަދަދު ނޭގޭނަމަ ހަދާނީ ކިހިނެއް ތޯ އެވެ؟ 

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ގެއްލިފައިވާ ރޯދަ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަދާ ކުރަން ޖެހޭ ދަރަންޏެކެވެ. އެހެންކަމުން، އެދަރަނި އަދާ ކުރެވުނު ކަމާއި މެދުގައި ޝައްކުވާނަމަ ޝައްކު ފިލުވާލުމަކީ އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ.

މީގެ އިތުރުން ﷲ ގެ މަގުގައި ރޯދަ އެއް ހިފާ ކޮންމެ ދުވަހަކު ރޯދަވެރިޔާގެ މޫނު ހަތްދިހަ ހާސް ޚަރީފްގެ ރާސްތާ އަށް ނަރަކައިން ދުރުކުރައްވާނެ ކަމުގައި ޞައްޙަ ޙަދީޘްގައި އައިސްފައިވެއެވެ. ވީމާ، ރޯދަ ހިފުމަކީ ބުރަ ކަމެއް ކަމުގައި ނުހައްދަވާށެވެ. والله أعلم.

(މަސްދަރު: ދި އިސްލާމް) 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...