މެގްނަމް ޕުޑިންގ ތައްޔާރު ކުރާނެ ގޮތް

ރެސިޕީ: މެގްނަމް ޕުޑިންގ

ބޭނުންވާ ތަކެތި

1 ޕެކެޓް މާރީ ބިސްކޯދު

1 ދަޅު ގެރިކިރު

2 ބިސް

1 މޭޒުމަތީ ސަމްސާ ބަޓަރ

4 ސަމްސާ ކޯން ފްލަރ

1 ޕެކެޓް ފުލްކްރީމް (މިލްކް)

1 މިލްކް ޗޮކްލެޓް

ތައްޔާރުކުރައްވާނެ ގޮތް

އެންމެ ފުރަތަމަ ބިސް، ގެރިކިރު، ބަޓަރ އަދި ކޯން ފްލަރ މިކްސަރ އިން ރަނގަޅަށް ގިރާލާށެވެ. ތެއްޔަކަށް ފުލް ކްރީމް ޕެކެޓް އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ރަނގަޅަށް ހޫނުވުމުން ކުރިން ގިރި ބައި ތެއްޔަށް އެޅުމަށްފަހު މަޑުމަޑުން ހަލަމުން ގެންދާށެވެ. އޮލަވާން ފެށުމުން ޓްރޭގައި ބިސްކޯދު ފަތުރާލުމަށްފަހު އޭގެ މައްޗަށް އޮލަކުރި އެއްޗެހި އަޅާށެވެ. މިގޮތަށް އަދި އެއް ލޭޔަރ ހަދާށެވެ. އެއަށްފަހު މައްޗަށް ޗޮކްލެޓް ގާނާށެވެ. ފިނިކޮށްގެން ވަރަށް މީރުވާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...