ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލަން: އެމްއެންޑީއެފް

އައްޑޫ ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.  

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން، އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ގެއްލުނު ދެކުދިން ހޯދުމަށްޓަކައި، އައްޑޫ ސިޓީ ހިތަދޫގެ ސާފޭސް އޭރިއާ ބަލަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުން ދަނީ އޮއިވަރު ހުންނަ ގޮތް ބަލައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ. 

މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި 14 އަހަރުގެ މަޔާމިން އަލީއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ޑައިވިން ރޮބަޓް ބޭނުންކޮށްގެން އެ ކުދިން ގެއްލުނު ސަރަހައްދުގެ ކަނޑު އަޑިންވެސް ބަލާފައިވާނެ ކަމަށެވެ.
 
މީގެ އިތުރުން ވައިގެ މަގުން ހެލިކޮޕްޓަރު ބޭނުންކޮށްގެން އޮއި ހުރި ގޮތަށް ބަލައި، ކޯސްޓްގާޑުގެ ޑައިވަރުން މޫދުގެ އަޑި ބަލައިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުދިން ހޯދުމާއި ގުޅޭގޮތުން ގައުމީ ދިފާއީ ބާރުން މީގެ ކުރިންވެސް ބުނެފައިވަނީ، އެކުދިން ހޯދުން ހުއްޓާނުލާނެ ކަމަށާއި އެކަމުގައި އެމްއެންޑީއެފްގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...