މުފްތީ މެންކު މިރޭ މާލޭގައި ދަރުސް ދެއްވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބުން މޫސާ މެންކް ދެއްވާ ދަރުސްއެއް މިރޭ މާލޭގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި އޮންނަ އިޙްޔާ ފޯރަމްގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ޒިމްބާބްވޭއަށް ނިސްބަތްވެވަޑައިގަންނަވާ ދީނީ އިލްމުވެރިޔާ މުފްތީ ވަނީ ރޭ އައްޑޫ ސިޓީގައިވެސް ދަރުސްއެއް ދެއްވާފައެވެ.  "މުސްލިމް ޒުވާނުންނަށް މެސެޖެއް" އެނަމުގައި ބޭއްވި ދަރުސް އޮތީ، ހިތަދޫ ނޫރާނީ ސްކޫލްގައެވެ. 

މުފްތީ މެންކަކީ އިސްލާމީ އުއްމަތުގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ދީނީ އިލްމުވެރިއެކެވެ. މެންކުގެ ތަޤްރީރުތަކަކީ، ޔޫޓިއުބް އަދި ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރްހީބެއް ލިބެމުންދާ ތަގްރީރުތަކަށް ވުމާއެކު، ދިވެހިންގެ މެދުގައިވެސް މެންކަކީ މަޤްބޫލް ދީނީ އިލްމުވެރިއެއްކަން ފާހަގަކޮށްލެވެއެވެ.
 
މުފްތީ މެންކް ވަނީ 2015 އަދި 2016 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައެވެ. އެމަނިކުފާނު މީގެ ކުރިން ދެއްވާފައިވާ ދަރުސްތަކަށް ބަލާއިރު، ޚާއްސަ ގޮތެއްގައި ޒުވާނުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...