ދިރާގުން ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި

ދިރާގުން ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި

ދިރާގުން ރޯދަ މަހަށް ޚާއްސަ ކޮށްގެން އިނާމް ލިބޭ ތަފާތު ޕްރޮމޯޝަންތަކެއް ފަށައިފިއެވެ.
 
ދިރާގުން ރޯދަ މަހަށް ހާއްސަ ކޮށްގެން ޕްރޮމޯޝަންތައް ފަށާފައިވާއިރު، މި ޕްރޮމޯޝަންތަކުގެ ތެރޭގައި ކަސްޓަމަރުންނަށް އެކި އިނާމް ލިބޭ ޕްރޮމޯޝަންތައް ހިމެނޭ. އެގޮތުން ދިރާގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ކޮންސިއުމާރ މާކެޓިން މެނޭޖާރ ޖަނާ އިބްރާހިމް ވިދާޅުވި ގޮތުގައި، އެ ކުންފުނިން ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ ބަންޑަލްތަކެއް ރޯދަމަހަށް ހާއްސަކޮށްގެން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ޑޭޓާ ޕެކްތަކަކީ 1.5 ޖީބީ ގެ ޑޭޓާ އަދި 4 ޖީބީ ގެ ޑޭޓާއެވެ.

މިތަނުން ކޮންމެ ޑޭޓާ ޕެކް އެއް ނަގާ ކަސްޓަމަރުންނަށް އިތުރު 1 ޖީބީ ޑޭޓާ ލިބޭނެ ކަމަށާއި މި ޑޭޓާ ޕެކްތަކުގެ ވެލިޑިޓީއަކީ 30 ދުވަހުގެ މުއްދަތެއް ކަން ޖަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކަސްޓަމަރުން މި ޑޭޓާ ބަލައިގަތުމަށް ހަރަދު ކުރާ ފައިސާ ގެ 10 އިންސަތަ ދިރާގުގެ ފަރާތުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށް ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށެވެ.

ޖަނާ ފާހަގަކުރެއްވި ގޮތުގައި މި އީ ކަސްޓަމަރުންނަށް ރޯދަ މަހުގެ ތެރޭގައި ތުއްތު ކުދިންނަށާއި އަދި އެ ޖަމުއިއްޔާއަށް އެހީ ވުމަށް ލިބޭ ފުރުސަތެކެވެ. މީގެއިތުރުން އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއެއްގައި ރޯދަ މަހުގެ ކޮންމެ ހަފްތާ އަކު 2 މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ނިންމާފައެވެ. 

ދިރާގުން މީސް މީޑިއާ މެދުވެރިކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖާރ އިން އެޑްވަޓައިސްމަންޓް އެންޑް އިވެންޓްސް ހަސަން ޝާރިހް އާދަމް ވިދާޅުވީ، އިންސްޓަގްރާމް މެދުވެރިކޮށް ރޯދަ މޫވްމަންޓްސްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އިންސްޓަގްރާމްގައި #ރޯދަމޫވްމަންޓްސް ޖެހުމަށްފަހު ފޮޓޯ އަޕްލޯޑް ކުރާ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯ ނެގުމަށް ނިންމާފައިވާކަމަށެވެ. އަދި މި ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް ގޯ ޕްރޯ ހީރޯ 6 ލިބޭނެ ކަން ދިރާގުން ހާމަކުރެއެވެ.

އިންސްޓަގްރާމްގެ އިތުރުން ޓުވީޓާ މެދުވެރިކޮށްވެސް އެ ކުންފުނިން ޕްރޮމޯޝަނެއް ހިންގާނެ ކަން ޝާރިހް ހާމަކުރެއްވިއެވެ. އެގޮތުން ޓުވީޓަރ ގައި މިއީ ކޮންޗެއްގެ ނަމުގައި ކުރިޔަށް ގެންދާ މުބާރާތުގައި، ދިރާގުން އަޕްލޯޑް ކޮށްލާ މެކްރޯ ފޮޓޯއަކީ ކޮންޗެއްކަން ދިމާކުރަން ޖެހޭނެވެ. އަދި ރަނގަޅަ ދިމާކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާ ގޮތައް ހަމަޖެހިފައިވޭ. އަދި މި އިނާމްގެ ތެރޭގައި ސީ ހައުސް މޯލްޑިވްސްއިން 5 މީހެއްގެ ރޯދަ ވިއްލުމެއް ލިބޭނެ ކަން ޝާރިހް ފާޙަގަކުރެއްވިއެވެ. 

އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުވެސް ދިރާގުގެ ކަސްޓަމަރުންނަށް ޒަކާތް ދެއްކޭނެ ލުއި ފަސޭހަ ގޮތްތަކެއް އިންތިޒާމްކޮށްފައިވެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން ޕްރެޔާ އެލާރޓްސް ފޯނަށް ލިބޭން އިންތިޒާމްވެސް އެ ކުންފުނިން ހަމަޖައްސާފައިވެއެވެ.

އެގޮތުން ދިރާގުން ނަމާދު ވަގުތުގެ އެލޭޓް ހިލޭ ލިބޭއިރު، އެ ހިދުމަތައް އެދެން ބޭނުންވާ ފަރާތްތަކުން #*123* ޖެހުމުން އެ ހިދުމަތް ލިބިގެން ދާނެ ކަން ދިރާގުން މަޢުލޫމާތުދެއެވެ. މީގެއިތުރުން ދިރާގުން މިދިޔަ އަހަރަކޭ އެއްފަދައިން އެ ކުންފުނީގެ މީސްމީޑިއާ ޕޭޖްތައް މެދުވެރިކޮށް ދިވެހި ރެސިޕީތަކުން ތައްޔާރުކޮށްލާ ޑިޝްތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ހަމަޖެހިފައިވާކަން އެ ކުންފުނިން ހާމަކުރެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...