މަސްތުވާތަކެތިން ސަލާމާތްވާން ބޭނުންވާ ފަރާތްތަކައް ހޮޓްލައިން ނަންބަރެއް ޖާރނީއިން ތައާރަފްކޮށްފި

މަސްތުވާތަކެތީގެ ވަބާއިން ސަލާމާތް ވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ހޮޓްލައިން އެއް ޖާރނީގެ ފަރާތުން ތަޢާރަފްކޮށްފިއެވެ.

މިގޮތުން ޖާރނީއިން އަލަށް ތަޢާރަފް ކުރި ނަންބަރަކީ 7995075 އެވެ. މަސްތުވާތަކެތި ބޭނުންކުރަން ފެށުމުގެ ކުރިން އެކަމުން ދުރުކުރުމާއި މަސްތުވާތަކެއްޗަށް އަޅުދާސްތުވަމުން ދާކުދިންނަށް އަމާޒްކޮށްގެން ޖާރނީން މެދުކެނޑުމެއްނެތި ދެމުން ގެންދާ ޚިދުމަތް ފުޅާކޮށް، ބެލެނިވެރިން ގުޅުމުން ސީދާ ގެއަށް ގޮސް އެހީތެރިކަން ފޯރުކޮށް ދޭން ފެށުމަށާއި އިތުރު ޚިދުމަތްތަކަށް ބޭނުންވާ ފަރާތްތަކަށް ސައުވީސް ގަޑިއިރު ގުޅޭނެ މޯބައިލް ނަންބަރެއް ތަޢާރަފްކުރި އިރު، އެ ނަންބަރުން ވައިބަރ މެދުވެރިކޮށް ޚިދުމަތްތަކަށް އެދެމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މި ނަމްބަރު މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ ކުޖައްކު ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ ބެލެނިވެރިޔާ މަސްތުވާތަކެތި ބޭނުންކުރާކަން ޝައްކުވާ ހިސާބުން އެކަމާ ވާހަކަ ދައްކާ އެކަމުން ދުރު ވާނެގޮތްތައް ބެނެދީ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އަދި މަސްތުވާތަކެތި ބޭޏުންކުރަމުންދާ ކުއްޖާ ނުވަތަ މީހާއާއި ބައްދަލުކޮށް އެ މީކަހު ހުރި ހާލާތާއި، އޭނާއަށް ބޭނުންވާ އެހީތެރިކަން ދެނެގަނެ އެ ހިދުމަތް ރާއްޖެއިންނާއި ރާއްޖެއިން ބޭރު ގައުމުތަކުގެ ތަފާތު ފަރުމާގެ ހިދުމަތް ތަކަށް ރިފަރަލް ހަދައިދީ އެކަމަށް ބޭނުންވާ ލީގަލް އެހީތެރިކަން ފޯރުކޮށްދީ، އެ ކުއްޖާއަށް ބޭނުންވާ އެހީ ލިބޭ ހިސާބަށް ކުއްޖާ އަމަލީ ގޮތުން ގެންގޮސްދިނުމެވެ. މީގެއިތުރުން ޖާރނީ ދެމުން ގެންދާ ހިދުމަތްތަކުގެ ތަފްސީލް ޖާރނީގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް ޖާރނީން ބުނެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...