1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 16 ވާ ބުދަ ދުވަސްކަމުގައި ކަނޑައަޅައިފި

މިހިނގާ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ، (16 ވާ ބުދަ ދުވަސް) ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑަައަޅައިފިއެވެ. އިސްލާމިކް މިނިސްޓަރ ގެ ފަރާތުން ދެއްވި ބަޔާނުގައި ވިދާޅުވީ، ކުރިޔަށް އޮތް ރަމަޟާން މަހަކީ ދަރުމައާއި ސަވާބުން ފުރިގެން ވާ މަހެއްގެ ގޮތުގައި ވުމަށް އެދި ދުއާ ކުަރައްވާކަމަށެވެ. އެގޮތުން ރާއްޖޭގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ފަހު، ބަޔާން ވަނީ އިއްވާފައެވެ. 

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ، ފަލަކީ ހިސާބުން އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް ދައްކާތީއާއި، އަދި އެއީ ރާއްޖޭގައި ހަނދު ބެލުމުގައި ޢަމަލުކުރާ އުސޫލު ކަމަށްވާތީކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިރޭ ހަނދު ސާބިތުކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު، ޖުމްހޫރީ މައިދާނުގައި ވަނީ ބަޑި ޖަހާފައިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...