ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ރަށްރަށުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެއްޖެ

ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ރަށްރަށުގައި ކުރިއަށް ގެންދިޔަ އެކިހަރަކާތްތަކުގައި ފުލުހުން ބައިވެރިވެއްޖެއެވެ.

އެގޮތުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މެއި 10ވަނަ ދުވަހު ރާއްޖޭގެ އެކިރަށްރަށުގައި ކުރިއަށްގެންދިޔަ ތަފާތު އެކި ހަރަކާތްތަކުގައި ފުލުހުން ބައިވެރިވުމުގެ އިތުރުން، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން އިސްނަގައިގެންވެސް ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ރަށްރަށުގެ މުއައްސަސާތަކާއި ސްކޫލްތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރު ސްޓޯލްތައް ޤާއިމްކޮށް ފުލުހުން ޕެޓްރޯލް ކުރުމަށް ބޭނުންކުރާ އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ހަރަކާތްތަކާއި ސްޓޭޖް ހަރަކާތްތައް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ކުޑަކުދިންނަށް ހަދިޔާ ދީފައިވެއެވެ. އަދި މީގެއިތުރުން އެކި ކަންކަމަށް ކުދިން އަހުލުވެރި ކުރުވުމަށް ކުދިންގެ އުމުރާއި ގުޅޭގޮތުން ކުދިންނަށް މަޢުލުމާތު ދީފައިވެއެވެ. 

ބައިނަލް އަޤުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އިސްނަގައިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތްތަކުގެ އިތުރުން ރަށްރަށުގެ އެކި މުއައްސަސާތަކުން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައި ފުލުހުން ދަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...