ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް އަމާޒްކޮށް ރޯދަ މަހުގައި ޚާއްސަ ހަރަކާތްތަކެއް ހިންގަނީ

ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް އަމާޒްކޮށް ޚާއްސަ ހަރަކާތްތަކެއް ރޯދަމަހާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވެފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ، މިމަހުގެ ނަވާރަ ވަނަ ދުވަހާއި، ސައްބީސް ވަނަ ދުވަހު އަދި ޖޫން މަހުގެ 2 ވަނަދުވަހު "އެކި ރަހަ" ޕްރޮގްރާމް އޮންނާނެއެވެ. މިއިން ކޮންމެ ޕްރޮގްރާމަކީ ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާނެގޮތް ދަސްކޮށްދޭނެ ޕްރޮގްރާމްތަކެކެވެ.

ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ޝެފުންނާއިއެކު ކުރިޔަށްގެންދާ މި ޕްރޮގްރާމްގައި ސްމޫތީ އާއި ސެލެޑް އަދި ޑެޒަރޓް ތައްޔާރުކުރާނެގޮތް ބައިވެރިންގެ މެދުގައި ހިއްސާކުރެވޭނެއެވެ. މިމަހުގެ 18 އިން 30 އަށް "ޔޫތު ރަމަޒާން ކަޕް" ގެ ނަމުގައި ވަރަށް ފޯރިގަދަ މުބާރާތެއްވެސް ކުރިޔަށް ގެންދިއުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިމަހުގެ 23 އާއި 30 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކާއި ގުޅޭގޮތުން ވަރަށް ޚާއްސަ ސެޝަންތަކެއް އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށް ގެންދިއުމަށްވެސް ރާވާފައިވެއެވެ.  މިހުރިހާ ޕްރޮގްރާމްތަކެއްވެސް އޮންނާނީ މާފަންނު ޒުވާނުންގެ މަރުކަޒުގައި ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...