މަތީ ސާނަވީ އިމްތިޙާނުގެ މާއްދާތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

2017 ވަނަ އަހަރު ޘާނަވީ އިމްތިޙާނުގެ މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ތިން ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެ ދަރިވަރުންނަކީ، ހިސާބު މާއްދާއިން އެއް ވަނަ ހާސިލުކުރި އިސްކަންދަރު ސްކޫލްގެ ދަރިވަރު ހެންވޭރު ހުބަ މަރްޔަމް ހައިބާ ޢަބްދުﷲ އާއި، މެރިން ސައިންސް އިން އެއް ވަނަ ހާސިލުކުރި ތ. ކަނޑޫދޫ ސްކޫލްގެ ދަރިވަރު ކަނޑޫދޫ މިދިލިމާގޭ އަޙްމަދު މިޞްބާޙް ޢަލީ އާއި، ޓްރެވަލް އެންޑް ޓޫރިޒަމުން އެއް ވަނަ ހާސިލުކުރި ޖަމާލުއްދީން ސްކޫލްގެ ދަރިވަރު ލ. ފޮނަދޫ ރަތްވިލާގޭ ނަސަމް ނަސީމްއެވެ.
|
މި ތިން ދަރިވަރުންނަށް ރައީސް ޔާމީން ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދަރިވަރުން މި ހޯދި ކާމިޔާބީއަކީ ދުނިޔޭގެ ނިސްބަތުން، ރާއްޖެއަށްވެސް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި، އަދި ކުރިއަށް އޮތް ތާނގައިވެސް މި ދަރިވަރުން ތަޢުލީމީ ދާއިރާއިން އިތުރު ކާމިޔާބީއާއި ކުރިއެރުން ހާސިލުކުރައްވައި ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...