ކާންސް ފެސްޓިވަލް 2018: ގިނަ ބައެއްގެ ސަމާލުކަން އައިޝްވަރްޔާ ހޯދައިފި

ކާންސް ފެސްޓިވަލްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބެނީ، ރެޑް ކާޕެޓްގައި މަޤްބޫލް ތަރިން ލާ ތަފާތު ޑިޒައިންތަކުގެ ހެދުންތަކަށެވެ.

މިއަހަރުގެ ފެސްޓިވަލްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ސޯނަމް ކަޕޫރު، އައިޝްވަރްޔާ ރާއީ، ދީޕިކާ ޕަދުކޯން އަދި ކަންގްނާ ރަނޯތު ބައިވެރިވެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެތަރިންގެ ހެދުންތަކަށް ލިބިފައިވެއެވެ. އެގޮތުން، އައިޝްވަރްޔާ ރާއީގެ ހެދުންތަކަށް ލިބުނު ސަމާލުކަން ފާހަގަކޮށްލެވެއެވެ.


އައިޝްވަރްޔާގެ ހެދުންތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާ ލާފައިވާ ދަނބު ކުލައިގެ ހެދުމަށެވެ. "ބަޓަރފްލައި ޑްރެސް" ނުވަތަ ކޮކާ ހެދުމުގެ ގޮތުގައި މަޤްބޫލްވެގެން ދިޔަ މިހެދުން ފަރުމާ ކުރުމަށް 3،000ގަޑިއިރު ހޭދަކޮށްފައިވެއެވެ.

މި ހެދުން ފަރުމާ ކުރީ ދުބާއީގެ ޑިޒައިނަރެކެވެ. ހެދުމުގައި މިޑްނައިޓް ބްލޫ، އަލްޓްރާ-ވައިލެޓް، އަދި ރަތް ކުލަ ހިމެނެއެވެ. މި ހެދުމުގައި ހިމެނެނީ ސްވަރޮވްސްކީ ކްރިސްޓަލްސް އަދި ފްރެންޗް ޕެލެޓެވެ.


މީގެ ކުރިންވެސް އައިޝްވަރްޔާ ވަނީ ކާންސް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ގިނަ ބައެއްގެ ލޯބި ހޯދާފައެވެ. އެގޮތުން މިދިޔަ ފަހަރު އެފެސްޓިވަލްގައި އޭނާ ލާފައިވަނީ ފްރޮސްޓީ ބްލޫ ގައުންއެކެވެ. އެއީ ސިންޑްރެލާ ލާފަދަ ގައުންއެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...