އުމުރުގެ ތަފާތަކީ ހަމައެކަނި ނަންބަރެއްކަން މިތަރިން ދައްކާލައިފި

މީގެ ކުރިން ފިރިހެނަކު އޭނާއާއި އުމުރުން ދޮށީ މީހަކާއި ކައިވެނި ކޮށްފި ނަމަ ފާޑުކިއުންތައް އަމާޒުވެއެވެ. ނަމަވެސް މިހާރު މިވަނީ އެގަބޫލުކުރުންތަށް ބަދަލުފައެވެ. މިހާރު ބުނެވޭގޮތުގައި އުމުރަކީ ހަމައެކަނި ނަމްބަރެކެވެ. ލޯބިއެއަށްވުރެ މާވަރުގަދައެވެ. ބޮލީވުޑުގެ ފިލްމު އިންޑަސްޓްރީގައި ވެސް މިފަދަ ތަރިން ވަރަށް ގިނައެވެ. މި ލިޔުމުގައި މިބަލާލަނީ ހިންދީ ޓީވީ އިންޑަސްޓްރީގައި އެމީހުންނަށްވުރެ އުމުރުން ދޮށީ އަންހެނުންނާއި ކައިވެނި ކުރި ބައެއް ތަރިންނަށެވެ. 

އަންގަދު ބޭދީ އަދި ނެހާ ދޫޕިއާ


އަންގަދު ބޭދީ
އަންގަދު ބޭދީއަކީ ޑްރާމާތަކުގެ އިތުރުންވެސް ފިލްމުތަކުން ފެނިގެންގޮސްފައިވާ ތަރިއެކެވެ. އޭނާއަކީ މަޝްހޫރުމޮޑެލްއެއްވެސް މެއެވެ. އޭނާ މިހާރު ކައިވެންޏެއްކޮށް ޒަވާޖީހަޔާތެއް ފަށާފައިވާއިރު އޭނާ ދިރިއުޅުމުގެ ބައިވެރިގޮތުގައި އިޚްތިޔާރުކޮށްފައިވަނީ އޭނާގެ ގާތްރަހުމަތްތެރިއެއްކަމަށްވާ ނޭހާ ދޫޕިއާއެވެ. ނޭހާ އަކީވެސް ބޮލީވުޑުގެ ފިލްމުތަކުގެ އިތުރުން ޓީވީ ޝޯތަކުން ޖަޖެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ ތަރިއެކެވެ. މިހާރުވެސް ރޯޑީސްގެ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ނޭހާ އޭނާގެ ފިރިމީހާއަށްވުރެ އަންގަދު އަށްވުރެ ތިންއަހަރު ދޮށްޓެވެ.

ހަރްޝް އަދި ބާރްތީ

ހަރްޝް ލިމްބާޗިއާ
ހަރްޝްއަކީ ޑްރާމާ ލިއާ މީހެކެވެ. މަޝްހޫރު އެތައް ޑްރާމާތަކެއް ލިޔެފައިވާ ހަރްޝް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ކޮމެޑީ ޑްރާމާ ލިޔާ މީހެއްގެ ގޮތުގައެވެ. އޭނާ ކައިވެނި ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގްއާއެވެ. މިދެމީހުން ދިމާވެފައިވަނީވެސް ހަރްޝް ލިއުނު ކޮމެޑީ ޝޯއެއްގެ ސެޓުންނެވެ. އެތަނުން ދިމާވެ ތިން އަހަރު ލޯބީގެ ގޮތުން އުޅުމަށްފަހު މިދެމީހުން ކައިވެނިކޮށްފައިވަނީ މިދިއަ ހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގައެވެ. މި ދެތަރިންގެ ދެމެދުގައި ހަތް އަހަރުގެ ތަފާތު ހުރެއެވެ.

މޯހިތް އަދި ސަނާޔާ

މޯހިތް ސޭގަލް
ޓީވީ އިންޑަސްޓްރީ ލަވްބާރޑްގެ ގޮތުގައި މަޝްހޫރުވެގެންދިއަ މޯހިތް ސޭގަލް އަދި ސަނާޔާ އިރާނީއަކީ ހިންދީ ޓީވީ އިންޑަސްޓްރީގެ ނަން ހިނގާ ދެތަރިންނެވެ. ހަތް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިދެތަރިން ކައިވެނިކޮށްފައިވަނީ ފަންސަވީސް ޖަނަވަރީ 2016 ވަނަ އަހަރުގައިގައެވެ. މިދެތަރިންގެ ދެމެދުގައި 2 އަހަރުގެ ތަފާތު ހުރެއެވެ.

ކިޝްވަރު އަދި ސުޔަޝް

ސްޔަޝްރާއީ އަދި ކިޝްވަރު މާރޗަންޓް
ސްޔަޝްރާއީ އަދި ކިޝްވަރު މާރޗަންޓް ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވަނީ ބިގްބޮސްއިންނެވެ. ހަތްއަހަރަށްވުރެ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު ސްޔަޝް އަދި ކިޝްވަރު ކައިވެނިކޮށްފައިވަނީ ދެހާސް ސޯޅަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. މިދެތަރިންގެ ތެރެއިން ސްޔަޝް، ކިޝްވަރަށްވުރެ އަށްއަހަރު ހަނގު ނަމަވެސް މިދެތަރިންގެ ދެމެދުގައިވާ ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...