އެންމެ ފައިދާ ލިބެނީ ފެހި އާފަލުން

އާފަލަކީ ވަރަށް ފައިދާ ހުރި މޭވާއެކެވެ. ހުރިހާ ވައްތަރެއްގެ އާފަލަކުންވެސް ސިއްހަތަށް އެތައް ފައިދާއެއް ލިބެއެވެ. އެހެންނަމަވެސް ފެހި އާފަލަކީ، އެންމެ ޚާއްސަ ބާވަތުގެ އާފަލު ކަމަށް ބުނެވެނީ ސަބަބުތަކެއް ނެތިއެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. ފެހި ކުލައިގެ އާފަލުގައި އެތައް ފައިދާއެއް އެކުލެވިގެންވެއެވެ.

ފެހި އާފަލުގައި ހިމެނޭ ބައެއް ނިއުޓްރިޝަންތައް:

*ކެލްސިއަމް
*ކޮޕާ
*އަޔަން
*މެގްނީޒިއަމް
*ޕޮޓޭސިއަމް
*ޒިންކް
ވިޓަމިިން އޭ
*ވިޓަމިން ބީ-ސިކްސް
*ވިޓަމިން ސީ
*ވިޓަމިން އީ
ޑައެޓްރީ ފައިބަރ


ފެހި އާފަލު ކެއުމުން ލިބޭ ފައިދާތައް:

ފެހި އާފަލު ކެއުމަކީ، ގައިގެ ހަމަށް ވަރަސް ފައިދާ ހުރި ކަމެކެވެ. އެގޮތުން ހަން ރީތި ކޮށްދީ، އޮމާން ކޮށްދިނުމުގެ އިތުރުން ޒުވާންކަންމަތީ ދެމެހެއްޓުމަށްވެސް ފެހި އާފަލު އެހީތެރިވެދެއެވެ. ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް، ނުވަތަ ބަރުދަން އެއް މިންވަރެއްގައި ހިފަހައްޓަން ބޭނުންވާނަމަ، ފެހި އާފަލު ކެއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސިއްހީ ދިރާސާތަކުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން ހަޖަމު ކުރުމަށް އެހީތެރިވެދިނުމާއި، ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދިނުމަކީވެސް ފެހި އާފަލުން ލިބޭ ފައިދާތަކެވެ. ފެހި އާފަލަކީ ދަތްޕލަ ރީތިކޮށް ދިނުމުގެ އިތުރުން، ނުރައްކާތެރި ކެންސަރު ބަލިންވެސް ދުރުވުމަށް އެހީތެރިވެދޭ މޭވާއެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...