ރަންބީރް އަކީ ރައްޓެއްސަކަށްވުރެ ގާތް މީހެއް: އާލިއާ

އާލިއާ ބަޓް އަދި ރަންބީރް ކަޕޫރާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެދެމީހުން އެކީގައި، ވަގުތު ހޭދަކުރާ މަންޒަރު ފެންނަލެއް ގިނަވުމާއެކު ގިނަ މީހުން މިހާރު ބުނަނީ އެދެތަރިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އެގޮތުން ބައެއް މީޑިއާތަކުގައި އާލިއާ އަދި ރަންވީރް އުޅެނީ ރައްޓެހިވެގެން ކަމަށްވެސް ޚަބަރު ފަތުރާފައިވެއެވެ. މިވާހަކަތަކަށް އެދެތަރިން މިހާތަނަށް ރައްދު ދީފައެއް ނުވެއެވެ. ދާދި ފަހުން ދިން އިންޓަރވިޔުއެއްގައި އާލިއާ ބުނެފައިވަނީ، ރަންބީރް އަކީ ހަމައެކަނި ރައްޓެއްސެއް ނޫން ކަމަށެވެ. އެއީ އެއަށްވުރެ ގާތް މީހެއް ކަމަށެވެ.

" އެއީ ހަމައެކަނި ރައްޓެއްސެއް ނޫން. އެއަށްވުރެ ގާތް މީހެއް. ދެމީހުން އެކީގައި އެއް ފިލްމެއްގެ މަސައްކަތް ކުރަމުން މި އަންނަނީ. " ރަންބީރްއާއި އެކީގައި އޮންނަ ގުޅުމާއި ބެހޭ ގޮތުން ސުވާލު ކުރުމުން އާލިއާ ބުނީ މިހެންނެވެ.

ރަންބީރްއާއި އެކީގައި އެއްވެސް ގުޅުމެއް ނޯންނަ ކަމަށް، ނުވަތަ ގުޅުމެއް އޮންނަ ކަމާމެދު އާލިއާ އެއްވެސް ވަރަކަށް ދެކޮޅު ހަދާފައެއް ނުވެއެވެ. ރަންބީރަކީ ކްރަޝްއެއް ކަމަށްވެސް ތަންކޮޅެއް ކުރިން އާލިއާ ބުނެފައިވެއެވެ.

ސޯނަމް ކަޕޫރުގެ ކައިވެނީގެ ރިސެޕްޝަނަށްވެސް އާލިއާ އަދި ރަންބީރް ދިޔައީ އެކީގައެވެ. އެދެތަރިން އެކީގައި ނަގާފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ. އާލިއާ ވަނީ ރަންބީރްއާއިއެކީގައި ނަގާފައިވާ ފޮޓޯ އިންސްޓެގްރާމްގައި ޝެއަރވެސް ކޮށްފައެވެ. ފޮޓޯއަށް ކޮމެންޓް ކުރި މީހުން ބުނެފައިވަނީ، އެދެތަރިން ވަރަށް ގުޅޭ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...