ނެހާ ދުޕިއާވެސް ކައިވެނި ކޮށްފި

ސޯނަމް ކަޕޫރަށްފަހު، އެކްޓްރެސް ނެހާ ދުޕިއާވެސް ކައިވެނި ކޮށްފިއެވެ.

ސޯނަމްގެ ކައިވެންޏާއި ޚިލާފަށް، ނެހާ ކައިވެނި ކޮށްފައިވަނީ ވަރަށް ޕްރައިވޭޓް ކޮށެވެ. އޭނާގެ ކައިވެންޏަށް ބޮލީވުޑްގެ ފަންނާނުންނަށް ދައުވަތު ދީފައެއް ނުވެއެވެ. ނެހާ ކައިވެނި ކުރިކަން އެނގުނީ، ކައިވެންޏަށްފަހު، ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރުމުންނެވެ. ކައިވެނީގެ ފޮޓޯތައް ހިއްސާ ކުރަމުން ނެހާ ބުނީ، އޭނާ ކައިވެނި ކޮށްފައިވަނީ، އޭނާގެ ބެސްޓް ފްރެންޑެއް ފަދަ މީހަކާއި ކަމަށެވެ. އަދި ކައިވެންޏަކީ ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމަށްވެސް ބުނެފައިވެއެވެ.

ނެހާ ދުޕިއާގެ ފިރިމީހާ، އަންގަދް ބޭދީވެސް ވަނީ ސޯޝަލް މީޑިއާގައި ކައިވެނީގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އަދި އޭނާގެ އަންހެނުންނަކީ، ބެސްޓް ފްރެންޑް ކަމަށްވެސް ބުނެފައިވެއެވެ. ކައިވެނީގެ ރަސްމިއްޔާތަށް ނެހާ ލާފައިވަނީ ފިޔާތޮށި ކުލައިގެ ލެހެނގާއެކެވެ. ނެހާގެ ފިރިމީހާ އަކީވެސް ބޮލީވުޑްގެ އެކްޓަރެކެވެ. ބޮލީވުޑްގެ އިތުރުން ޓީވީގައިވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިމޯޝަނަލް އަތްޔާޗާރު، ފިއަރ ފެކްޓަރ: ޚަތުރޯންކީ ކިލާޅީއިން އަންގަދު ފެނިގެން ގޮސްފައިވެއެވެ.

ނެހާގެ ކައިވެންޏާއި ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް މަރުހަބާ ކިޔާފައިވަނީ ކަރަން ޖޯހަރްއެވެ. ޓްވިޓަރގައި ކަރަން ވަނީ ނެހާއަށް ވަރަށް ބާއްޖަވެރި ކައިވެންޏަކަށް އެދިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...