"ސީކެޕް" އަކީ ފުވައްމުލައްސިޓީގެ ގުދުރަތްތެރިކަން ހިމާޔަތްކޮށް ފަތުރުވެރިކަމަށް ހުޅުވާލަދޭ ދޮރެއްކަން ޔަޤީން

ފުވައްމުލަކު ކުޅި. ފޮޓޯ: ތުނޑި.ކޮމް

ފުވައްމުލައް ސިޓީއަކީ ގުދުރަތީ ހިތްގައިމުކަމެއް ލިބިގެންވާ ޗާލު ނަލަނަލަ ސިޓީއެއް. އެ ރަށުގެ ގުދުރަތީ މުއްސަނދިކަމުގެ ވަހަކައަކީ ދައްކާ ފޫހިނުވާނެ، އަދި ބަލާ ފޫހިނުވާނެ ފަދަ ހިތްގައިމު ރީތިކަމެއް ލިބިގެންވާ ސިޓީއެކެވެ. ވަކިން އެކަހެރިކޮށް އޮންނަ މި ޗާލު ރީތި ރަށުގެ އެންމެ ހިތްގައިމުތަނަކީ އެ ރަށުގެ ކުޅިތަކެވެ.


ރާއްޖޭގެ ރަށްރަށުގަައި ގުދުރަތީގޮތުން އުފެދިފައިވާ ކުޅިތަކުގެ ޙަޤީގީ ބޭނުން ހިފުމަށް މީގެ ކުރިން ދިވެހިންނަށް ދަސްވެފައެއް ނެތެވެ. ހަމަ އެކަނި ތިމާމެން އެތަނުގެ ހިތްފަސޭހަކަން ހޯދާލާ ތަނެއްގެ ގޮތުގައި އެ ކުޅިތައް އޮންނައިރު އެތަންތަން ހިމާޔަތްކުރުމަށް މާކަބޮޑު މަސައްކަތްތަކެއް ކުރީގެ ސަރުކާރުތަކުން ކޮށްފައިނުވާ ކަމީވެސް ފާހަގަކޮށްލަން ޖެހޭ ހަޤީގަތެކެވެ. ފުވައްމުލަކު ސިޓީގެ ރައްޔިތުންވެސް ތިބީ މި ކުޅި ހިމާޔަތްކޮށް އެ ރަށުގެ ރައްޔިތުންނަށްވެސް މި ކުޅީގެ ހެޔޮ ފައިދާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަދި ގުދުރަތީ މުއްސަނދިކަމުން ފުރިގެންވާ މިކުޅިތަކުން ނަފާ ހޯދާ އޭގެ މަންފާ ލިބުމުގެ އުންމީދުގައެވެ.


އުންމީދުން ފުރިގެންވާ އުންމީދީ މި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަން ބައްދަލުކޮށްފައިވަނީ އުފާވެރިކަމާ އެކުގައެވެ. އެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސާދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުނެވެ. ދިރުމެއް އޮތްތަނެއްގަނަމަ އުންމީދެއްވާނޭކަމަށް ހުދު ރައީސް ވެސް ތަކުރާރުކޮށްދަނީ ވިދާޅުވަމުނެވެ.


ފުވައްމުލައްސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ނަސީބު ކަމުގައިވާ އެ ގުދުރަތީ ރީތިކަމުގެ ޙަޤީގީ ހިތްފަސޭހަކަމާ ހަޤީގީ ނަފާވެރިކަމާ މަންފާވެރިކަން އެ ރައްޔިތުންނާއި ގާތަށް ގެންގޮސްދިނުމަށް ދިވެހިރާއްޖޭގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހިންގަން ފަށާފައިވާ، "ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް" (ސީކެޕް) އަކީ ވަރަށް ފުރިހަމަ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ ޙަޤީގީ މަގުސަދު ފުވައްމުލަކުގެ އެންމެ އާދައިގެ ރައްޔިތުމީހާއާއާއި ހަމައަށް ހުއްޓިފައިވާ މި ޕްރޮޖެކްޓްގެ މަޤުސަދާއި ގުޅޭގޮތުން އެ ޕްރޮޖެކްޓްގެ ފުވައްމުލަކުގެ މެނޭޖަރ ހައްވާ ރަޝީދާ ވިދާޅުވީ، އެއީ ފުވައްމުލަކު ސިޓީގެ ކުޅިތަައް ހިމާޔަތް ކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. 

އަދި މި ޕްރޮޖެކްޓް ނިމޭއިރު ފުވައްމުލަކުގައި އިކޯ ޓުއަރިޒަމް ތައާރަފްކުރެވިގެން ދަނޭކަމަށްވެސް ހައްވާ ރަޝީދާ ވިދާޅުވިއެވެ. އަދި މިހާރުވެސް ހިމާޔަތް ކުރަމުންދާ މަސައްކަތުގެ ތެރެއިންވެސް އެރަށުގެ ރައްޔިތުންނާއި، ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް އެ ތަންތަން ބަލާލުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ފުވައްމުލައް ސިޓިގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާކަންވެސް ހައްވާ ރަޝިދާ ފާހަގަކުރެއްވިއެވެ.  

ސަރުކާރުން ދިވެހި ރައްޔިތުންނަށް ގެނެސްދެމުންދާ މިފަދަ އުންމީދީ މަންޒަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ސިފަކުރަނީ މިއީ އުންމީދީ ވެރިކަމެއްގެ ގޮތުގައެވެ. ރައްޔިތުންގެ މިފަދަ އުއްމީދުތައް ފުއްދައިދީ ރަށުގައި ތިބެގެން އާމްދަނީ ލިބޭނޭ ތަފާތު މަގުތައް ކޮށައިދީ އެކަމަށް ބޭނުންވާ ވިޔަފާރިފެށުމަށް ލޯނުތައް ސަރުކާރުތެރެއިން ދަނީ ފަހިކޮށްދެމުނެވެ. ކުރުކޮށް ބުނާނަމަ، ނަފާވެރި ދިރިއުޅުމަކަށް ރައްޔިތުމީހާގެ އަތުގައި ހިފައިގެން ރައީސް ޔާމީނު ގެންދަވަނީ ދަތުރުކުރައްވަމުންނެވެ. އެ ރައްޔިތުންނާއި އެއް ހަމައެއްގައެވެ. އެ ރައްޔިތުނާއި ގާތުންނެވެ. "ސީކެޕް" އަކީ ފުވައްމުލައްސިޓީގެ ގުދުރަތްތެރިކަން ހިމާޔަތްކޮށް ފަތުރުވެރިކަމަށް ހުޅުވާލަދޭ ދޮރެއްކަން ޔަޤީނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...