އެޕްރީލް މަހު މީރާއިން 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އަވަސް

ހުސްވި އޭޕްރީލް މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިއަހަރުގެ އޭޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީއަކީ އަހަރުން އަހަރަށް ބަލާއިރު 2.8 އިންސައްތަ އިތުރު އަދަދެކެވެ. މިރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި އޭޕްރީލް މަހު އެ އިދާރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީންނެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ 742 މިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ 64 އިންސައްތައެވެ. އަދި އާމްދަނީގެ ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވާ ގްރީން ޓެކުހުގެ ގޮތުގައި 74 ޕޮއިންޓް އަށެއް މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން އޭޕްރީލް މަހު ބީޕީޓީގެ ގޮތުގައި 70.9 މިލިއަން ރުފިޔާ، އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 55 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 54.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ހަމައެއާއެކު އޭޕްރީލް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 47.1 މިލިއަން ޔޫއެސް ޑޮލަރު ވެސް ހިމެނޭ ކަމަށް މީރާއިން ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...