އެސްޓިއޯގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މެއި 30 ވަނަ ދުވަހަށް ތާވަލުކޮށްފި

އެސްޓީއޯއިން މީގެ ކުރިން ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން

އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި ހިނގާ މެއި މަހުގެ 30 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އެސްޓީއޯއިން ބުނީ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް މި މަހުގެ އަށްވަނަ ދުވަހު އާންމުކޮށްފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއި މަހުގެ 30 ވާ ބުދަ ދުވަހުގެ ރޭގަނޑު 10:00 ސުންމިނެޓުގައި ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެ ޖަލްސާގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅައިގެން ނުވަތަ އީމެއިލްގެ ޒަރީޔާއިންނާއި އެ ކުންފުނީގެ ރަސްމީ ވެބްސައިޓުގައި އަހަރީ އާންމު ޖަލްސާއަށް ޚާއްސަކޮށްފައިވާ ވެބް ޕޭޖް މެދުވެރިކޮސް ރަޖިސްޓްރީ ކުރެވޭނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ހިންގާ ޤަވާއިދަށް ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ލިބުނު ކޮމެންޓްތަކާއި ހިއްސާދާރުންނާއެކު ބޭއްވި ބައްދަލުވުމުގައި ކުރި މަޝްވަރާތަކަށް ރިއާޔަތްކޮށް، ބޯޑުން ނިންމާފައިވާ އިސްލާހުތައް ވެސް އާންމުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...