ކުލަނބު ސީޒަން 4 ވަރަށް ތަފާތު ވާނެ - ޕްރޮޑިއުސަރ އަޒްހާން

ކުލަނބް ސީޒަން 4ގެ ހޯސްޓް ޖުމައިހު

ޗެނަލް 13 އިން ކޮންމެ ރަމަޟާން މަހަކު ގެނަސްދޭ ސެލެބްރިޓީ ޓޯކް ޝޯ، "ކުލަނބު" ގެ ހަތަރުވަނަ ސީޒަންގެ ފުރަތަމަ ފެނިލުން އާންމުކޮށްފިއެވެ.


މިޕްރޮގްރާމް ޕްރޮމޯޓުކުރާ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ވީޑިއޯއާއެކު މިއަހަރުގެ ޕްރޮގުރާމް ހުށަހަޅައިދޭނީ މަޝްހޫރު ފިލްމީ ތަރި އިސްމާޢިލް ޖުމައިހް ކަމަށް ވަނީ އިޢުލާންކޮށްފައެވެ. ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ޗެނަލް 13 އިން ގެނަސްދޭ މިޕްރޮގުރާމުގެ މިދިޔަ އަހަރު ގެނަސްދިން ސީޒަން ހުށަހަޅާދީފައިވަނީ ޓީވީ ހޮސްޓު އަޒްހާން އިބްރާހީމްގެ އިތުރުން ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދެވެ.

މިދިޔަ ސީޒަންގައި ޖުމްލަ 6 ޕްރޮގުރާމެއް ގެނަސްދީފައިވެއެވެ.

ޚަބަރު އެމްވީއަށް މަޢޫލޫމާތު ދެމުން ޕްރޮގުރާމުގެ ޕްރޮޑިއުސަރު އަޒްހާން ބުނީ މިއަހަރު ގެނަސްދޭ "ކުލަނބު" ގެ ހަތަރުވަނަ ސީޒަންގައި 5 އެޕިސޯޑް ހިމެނޭނެކަމަށެވެ.އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެވެސް ފިނާލޭގައި އާ ވީޑިއޯ ލަވަ ބެލުންތެރިންނަށް ފެނިގެންދާނެކަމަށާއި، މިހާރު ޝޫޓިން ކުރިއަށްދާއިރު ވަރަށް އަވަހަށް ޓީޒާ އާންމުކުރާނެކަމަށް އަޒްހާން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...