ސޯނަމް އާއި އާނަންދުގެ ކައިވެނީގެ ބައެއް ފޮޓޯތައް

ސޯނަމް ކަޕޫރު އަދި ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ މިއަދު ވަނީ ކައިވެނިކޮށްފައެވެ. ކައިވެނި ކުރުމާއެކު ސޯނަމްގެ ފުރިހަމަ ނަން މިހާރު ވަނީ ސޯނަމް ކަޕޫރު-އަހޫޖާއަށް ބަދަލުވެފައެވެ. ސޯނަމް ކައިވެނި ކޮށްފައިވަނީ އޭނާގެ ބޮޑުދައިތައެއްގެ ގޭގައެވެ. ކައިވެންޏަށް އެގެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.

ސޯނަމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން އޭނާގެ ކޮއްކޮ ރިއާ ކަޕޫރު ފެނިގެންދިޔައިރު، އެދެމީހުންގެ މެދުގައި އޮތް ލޯތްބާއި ކުލުނު ފެނިގެން ދިޔަ ކަމަށް ގިނަ މީހުން ބުނެއެވެ.

ކައިވެނީގެ ރަސްމިއްޔާތަށް ސޯނަމް ކަޕޫރު ލާފައިވަނީ ރަތް ކުލައިގެ ލެހެނގާއެކެވެ. ސޯނަމްގެ ވެޑިން ޑްރެސްގައި ލޮޓަސް މަލުގެ ޕެޓާންއެއް ހުރިއިރު، އެހެދުން ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ، އަނޫރާދާ ވަކިލްއެވެ.

ސޯނަމްގެ ކައިވެނީގެ ހަފްލާގައި ބޮލީވުޑްގެ ނަމް މަޝްހޫރު ފަންނާނުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އަމީތާބް ބަޗަންއާއި، އޭނާގެ އާއިލާއާއި، ކަރީނާ ކަޕޫރާއި، ސައިފް އަލީ ޚާންއާއި އެދެމީހުންގެ ދަރިފުޅު ތައިމޫރުގެ އިތުރުން ކަރިސްމާ ކަޕޫރުވެސް ގެސްޓުންގެ ތެރޭގައި ހިމެނެއެވެ.

އާމިރް ޚާންއާއި އޭނާގެ އަންހެނުން ކިރަން ރާއޯ، އަދި ފިރިހެން ދަރިފުޅު ޖުނެއިދުވެސް ވަނީ ކައިވެނި ސޯނަމްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައެވެ. 

ކަޕޫރު އާއިލާއާއި ގާތް ގުޅުމެް އޮންނަ ރާނީ މުކަރްޖީ ކައިވެނީގެ ހަފްލާއިން ފެނިގެން ދިޔައީ، ސަބްޔާސަޗީ ލެހެނގާއެއްގައެވެ. އެއީ ކަޅު، ފެހި އަދި ރަން ކުލަ ހިމެނޭ ލެހެނގާއެކެވެ. 

މެޓްގާލާގައި ބައިވެރިވުމަށްޓަކައި ދިޕިކާ ޕަދުކޯންއަށް ސޯނަމްގެ ކައިވެންޏަށް ނާދެވުނު ނަމަވެސް، ބޯއިފްރެންޑް ރަންވީރް ސިންހް ވަނީ ސަޤާފީ އައުޓްފިޓެއްގައި، ހަފްލާގައި ބައިވެެރިވެފައެވެ.

ސޯނަމްގެ ގާތް ރަޙްމަތްތެރިޔާ، ޖެކްލިން ފެނާންޑެޒްވެސް ރީތި ހެދުމެއްގައި މިއަދުގެ ހަފްލާގެ ތެރެއިން ފެނިގެން ދިޔައެވެ.

ސޯނަމް ކަޕޫރުގެ ބައްޕަ އަނިލް ކަޕޫރު ވަނީ ކައިވެނީގެ ހަފްލާގެ ތެރެއިން ގެސްޓުންނަށް މަރުހަބާ ކިޔުމުގައި ވަގުތު ހޭދަކޮށްފައެވެ.

ބޮނީ ކަޕޫރާއި، ސޯނަމްގެ ކަޒިން ކަމަށްވާ ޖާންވީ އަދި ޚުޝީ ކަޕޫރުވެސް ކައިވެނީގެ ހަފްލާގައި ބައިވެރިވިއެވެ.


ސޯނަމްއާއި އާނަންދު ކައިވެނި ކޮށްފައިވަނީ، އެދެމީހުން ކުރާނެކަމަށް ޚަބަރުތައް ބުނާތާ ދުވަސްތަކެއް ވީ ފަހުންނެވެ. އެދެ މީހުންގެ ކައިވެންޏަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވެފައިވެއެވެ. އެ ދެމީހުންގެ ކައިވެނީގެ ޕާޓީ މިރޭޭ ކުރިއަށްދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކައިވެނީގެ ކުރިން ބޭއްވި ހަލްދީ އަދި މެހެންދީ ވަނީ ވަރަށް ކުލަގަދަ ގޮތެއްގައި ބާއްވާފައެވެ. އެ ދެ ހަފްލާގައި ވެސް ގިނަ އަދަދެއްގެ ތަރިން ވަނީ ބައިވެރިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...