ބުުރުނީ އާއި ދެކޮޅަށް ކުޅެ ހިރިލަންދޫ މޮޅުވެއްޖެ

ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ފަރާތުން އެއަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ "ކޮޅުމަޑުލު ވޮލީ މުބާރާތް 2018" ގައި އިއްޔެ ހެނދުނު ކުޅުނު މެޗުން ހިރިލަންދޫ ޓީމް މޮޅުވެއްޖެއެވެ.

އިއްޔެގެ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޝަންގެ 2 ޓީމް ކަމުގައިވާ ހިރިލަންދޫ އަދި ބުރުނީ ޓީމެވެ.  އެ މެޗް ހިރިލަންދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ، ތިން ސެޓު އެއް ސެޓުންނެވެ. މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމްގެ ޖާޒީ ނަމްބަރ 10 އަޙުމަދު ޢަބްދުލްކަރީމެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ބައްދަލުކޮށްފައިވަނީ، ފިރިހެން ޑިވިޝަންގެ 2 ޓީމް ކަމުގައިވާ ގުރައިދޫ އަދި މަޑިފުށީ ޓީމެވެ. 13 ދުވަހުގެ މުއްދަތަށް ބާއްވާ މިމުބާރާތުގައި ރާއްޖޭގެ ޤައުމީޓީމްގެ މަޝްހޫރު ކުޅުންތެރިން ބައިވެރިވެއެވެ. 

އޭގެތެރޭގައި އަލީ ހުޒާމް، ޙަސަން ނިލާމް، އަޙުމަދު ޢަބްދުލްކަރީމް، އައިޝަތު މާޖިދާ، އާމިނަތު އަރީޝާ، ފާޠިމަތު މަޒިއްޔާ، މަރިޔަމް އަޒީފާ ފަދަ ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން ސަރަޙައްދުގެ ޤައުމީ ޓީމް ތަކުގެ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ހިމެނެއެވެ. 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...