ސޯނަމްގެ ކައިވެންޏަށް އައިޝްވަރްޔާއަށް ދައުވަތު ދީފި

ސޯނަމް އަދި އައިޝްވަރްޔާ.

މިދުވަސްކޮޅު ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި އެންމެ ބޮޑަށް ދެކެވެނީ ސޯނަމް ކަޕޫރު އަދި ވިޔަފާރިވެރިޔާ އާނަންދު އަހޫޖާގެ ކައިވެނީގެ ވާހަކައެވެ.

ސޯނަމް އަދި އާނަންދުގެ ކަިއވެނި ކުރެވިގެންދާނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ. އެ ކައިވެންޏާއި ގުޅޭ ޚަބަރުތަކުގެ ތެރެއިން އެންމެ ފަހުން އިވިގެން ދިޔައީ ސޯނަމްގެ ކައިވެންޏަށް އައިޝްވަރްޔާއަށް ދައުވަތު ދިން ވާހަކައެވެ.

ބޮލީވުޑްގެ ތަރިން އެމީހުންގެ ކައިވެނީގެ ހަފްލާތަކަށް އެހެން ތަރިންނަށް ދައުވަތު ދިނުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެންނަމަވެސް ސޯނަމްގެ ކައިވެނީގެ ދައުވަތު އައިޝްވަރްޔާއަށް ދިނުމުން އެކަން ޚާއްސަ ވެގެން ގޮސްފައި މިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެދެތަރިންނަކީ ކުރީގެ ދެ "ހަތުރުން" ކަމުގައި ބުނެވިދާނެއެވެ.

މީގެ ކުރިން ސޯނަމް ވަނީ އައިޝްވަރްޔާ އަކީ އޭނާގެ "އާންޓީ"އެއް ފަދަ މީހެއް ކަމަށާއި، އެއީ މާ މުސްކުޅި ޖީލެއްގެ މީހެއް ކަމަށް ބުނެފައެވެ. ސޯނަމް އެހެން ބުނުމާއެކު، އައިޝްވަރްޔާ އާއިމެދުގައި މައްސަލަތަކެއް ޖެހި، ރުޅިވެރިކަން އުފެދިގެން ދިޔައެވެ.

މަޝްހޫރު ކޭންސް ފެސްޓިވަލްގައި އައިޝްވަރްޔާ ރާއީ ދަނބު ކުލައިގެ ލިޕްސްޓިކް ބޭނުން ކުރުމުން އެއީ މީހުންގެ ސަމާލުކަން ހޯދަން ކުރި ކަމެއް ކަމަށްވެސް ސޯނަމް ބުންޏެވެ. މިފަދަ ކަންތައްތަކާއި ހުރެ، ސޯނަމް އަދި އައިޝްވަރްޔާގެ ގުޅުން ގޯސްވެފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވާ މި ދަނޑިވަޅުގައި ސޯނަމްގެ ކައިވެންޏަށް އޭޝްއަށް ދައުވަތު ދިނުމުން އެދެމީހުންގެ މެދުގައި އޮތް ފިނި ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

އައިޝްވަރްޔާއަށް ކައިވެނީގެ ދައުވަތު އެންމެ ފުރަތަމަ ދިނީ ސޯނަމްގެ މަންމަ، ސުނީތާ ކަޕޫރެވެ. ސުނީތާއަށް އައިޝްވަރްޔާ ދިމާވީ ކައިވެނީގެ ހަފްލާއެއްގެ ތެރެއިންނެވެ. ސުނީތާ ދިން ދައުވަތަށްފަހު، ސޯނަމް ވަނީ ފޯނުން ގުޅާ، އައިޝްވަރްޔާއަށާއި، އަބީޝެކްގެ އާއިލާއަށްވެސް ކައިވެނީގެ ދައުވަތު އަރުވާފައެވެ. އަދި އައިޝްވަރްޔާ ވަނީ އުފަލާއެކު ދައުވަތު ޤަބޫލްވެސް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...