ޕްރިންސް ލުއިސް އެންމެ ވައްތަރީ ޕްރިންސް ވިލިއަމްއާ

ޕްރިންސް ވިލިއަމް އަދި ކޭޓް މިޑްލްޓަންގެ ދަރިކަލުން، ލުއިސް އާރްތުރް ޗާލްސްގެ ފޮޓޯތައް ކެންޒިންޓަން ޕެލަސްއިން އާއްމު ކުރުމާއެކު، އެކުއްޖާއަށް އެތައް ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ޝާހީ އާއިލާއިން ދާދި ފަހުން ޕްރިންސް ލުއިސްގެ ދެ ފޮޓޯއެއް އާއްމުކޮށްފައިވާއިރު، އެއީ ކޭޓް ނަގާފައިވާ ދެ ފޮޓޯކަން ފާހަގަކޮށްލެވެއެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ގިނަ ބަޔަކު ވަނީ އެކުއްޖާ ޕްރިންސް ވިލިއަމްއާއި ވަރަށް ވައްތަރު ކަމަށް ބުނެފައެވެ.


އެގޮތުން ވިލިއަމްގެ މަންމަ ޑަޔާނާއާއިއެކު، ވިލިއަމް ކުޑައިރު ނަގާފައިވާ ފޮޓޯއެއްގައި ހުރި ގޮތާއި ޕްރިންސް ލުއިސް ވައްތަރު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޕްރިންސް ލުއިސްގެ އުމުރުން މިހާރު 2 ހަފްތާ ވެފައިވާއިރު، އެކުއްޖާ މިހާރުވެސް ވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ޕްރިންސް ލުއިސް އަކީ ކޭޓް އަދި ވިލިއަމްގެ 3 ވަނަ ދަރިކަލުންނެވެ. ޕްރިންސް ވިލިއަމްގެ ދެކަނބަލުންނަށް 3 ވަނަ ދަރިކަލަކު ލިބިވަޑައިގެންނެވި އިރު އިތުރު އަންހެންދަރިކަނބަލަކާއި، ފިރިހެންދަރިކަލަކު ތިއްބަވައެވެ.

އެއީ ހަތަރު އަހަރުގެ ޖޯޖް އަދި 2 އަހަރުގެ ޝާލޮޓްއެވެ. ޕްރިންސް ވިލިއަމްއާއި ކޭޓް ކައިވެނި ބައްލަވައިގަތީ 2011 ވަނަ އަހަރުގައެވެ. އަދި ފުރަތަމަ ދަރިކަލުން ޕްރިންސް ޖޯޖް 2013ގައި ލިބިވަޑައިގެންނެވިއިރު އަންހެން ދަރިކަނބަލުން ޕްރިންސެސް ޝާލޮޓް ލިބިވަޑައިގަތީ 2015 ގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...