އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ކެމްޕޭނެއް އެކުންފުނިން ފަށައިފި

އުރީދޫއިން އަލަށް ތައާރަފްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތަކުން ލިބޭ ގިނަގުނަ ތަފާތު ފައިދާތައް ދައްކުވައިދޭ ޚާއްޞަ ކެމްޕެއިންއެއް އެކުންފުނިން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި އުރީދޫގެ މެނޭޖަރ ޕޯސްޓްޕެއިޑް ބިޒްނަސް ދިޔާނާ އަފީފް ވިދާޅުވީ، އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް ކަމަށާއި އެ ޕެކޭޖްތަކަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެ ފަދައިން ތައްޔާރު ކޮށްފައިވާ ޕެކޭޖްތަކެއް ކަމަށެވެ.

ދިޔާނާ ވިދާޅުވީ އެ މިޕެކޭޖްތައް ޚިޔާރު ކުރުމުން އިތުރު ފައިދާތަކެއް ލިބިގެންދާ ކަމަށާއި އޭގެ ތެރޭގައި އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުމާއި ޕެކޭޖެއް ޚިޔާރު ކުރުމުން ލައިފް އިންޝުއަރެންސް ލިބުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ. އަދި އެ ޕެކޭޖްތައް ޚިޔާރު ކުރުމުން ރާއްޖޭގެ މަޤްބޫލް އައުޓްލެޓްތަކާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

އުރީދޫގެ އައު ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް އެންމެ ފަހުގެ ސްމާޓްފޯނުތަކުން ފެށިގެން ގޮސް، މަހަކު އެންމެ 100 ރުފިޔާއަށް ގަނެވޭ އަގުހެޔޮ ސްމާޓްފޯނުތައް އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަމައެއާއެކު އުރީދޫ ކްލަބް ޕްރިމިއަރ މެދުވެރިކޮށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ގިނަގުނަ ފައިދާތަކުން ފުރިގެންވާ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. އުރީދޫ ކްލަބް ޕްރިމިއަރ މެދުވެރިކޮށް ލިބޭ ފައިދާތަކުގެ ތެރޭގައި ކްލަބް ޕްރިމިއަރ ލައުންޖް އަދި ހެލްޕްލައިންގެ ޚިދުމަތް ހިމެނެއެވެ. އަދި އެލައިޑް އިންޝުއަރެންސްއާއި ގުޅިގެން ލައިފް އިންޝުއަރެންސްގެ ޚިދުމަތް މި މަހުގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...