ދަމާސްއިން އިންޑިއާގެ މަޝްހޫރު ޕިޑިލައިޓް އިންޑަސްޓްރީގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފުކޮށްފި

އެދީސިވްސް އާއި ކެމިކަލް އިންޑަސްޓްރީގެ ފުންނާބު އުސް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޕިޑިލައިޓް އިންޑަސްޓްރީސްގެ އުފެއްދުންތައް ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ޕިޑިލައިޓް އިންޑަސްޓްރީސްގެ އުފެއްދުންތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި ޚާއްސަ ސެމިނަރ އެއް އެކުންފުނީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ސެމިނަރ އަށްފަހު ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ޕިޑިލައިޓް އިންޑަސްޓްރީސްގެ ދެކުނު އިރުމަތީ އޭޝިއާ އަދި ސާކް ސަރަހައްދުގެ ބިޒްނަސް މެނޭޖަރ އަނޫޖް ޑާގާ ވިދާޅުވީ، ދަމާސް މެދުވެރިކޮށް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ އެކުންފުނީގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑްތައް ކަމަށެވެ.

މިގޮތުން ތަޢާރަފުކުރި ބްރޭންޑްތަކުގެ ތެރޭގައި ހިމެނެނީ ފެވިކޯލް ބްރޭންޑާއި އިމާރާތްކުރާއިރު ވޯޓަރ ޕްރޫފް ކުރުމުގައި ބޭނުންކުރާ ޑރ. ފިކްސްއިޓް ބްރޭންޑް ހިމެނެއެވެ. މީގެ އިތުރުން ޑާގާ ވިދާޅުވީ، އަލަށް ތަޢާރަފުކުރި ބްރޭންޑްތަކަކީ ގެދޮރު އިމާރާތް ކުރުމަށާއި ރިސޯޓް ޕްރޮޖެކްޓްތަކަށް ވަރަށް ބޭނުންތެރި އުފެއްދުންތަކަކަށް ވާނެ ކަމަށެވެ.

އިންޑިއާގެ ޕިޑިލައިޓް އިންޑަސްޓްރީސް އަކީ 1969 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ވިޔަފާރި ކުރަމުންދާ ޕިޑިލައިޓްގެ ގޮފިތައް ޤާއިމުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސްރީލަންކާ، ބަންގްލަދޭޝް، މިޔަންމާ، ދުބާއީ އަދި ޔޫއެސްއޭ ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...