އިސްރާއީލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

ގްރޭޓް މާރޗް އޮފް ރިޓާންގެ ނަމުގައި ފަލަސްތީނު ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ތެރެއިން

އިސްރާއިލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ގްރޭޓް މާރޗް އޮފް ރިޓާންގެ ނަމުގައި ހުކުުރު ދުވަހު ފަލަސްތީނުގެ ރައްޔިތުން ޣާޒާގެ ބޯޑަރު ކައިރީގައި ކުރި މުޒާހަރާ ކޮންޓްރޯލް ކުރަން ކަމަށްބުނެ އިޒްރާއިލްގެ ސިފައިން ވަނީ ބަޑި ޖަހާފައެވެ. އިޒްރާއލްގެ ސިފައިން ބަޑި ޖެހުމުގެ ސަބަބުން ބޯޑަރު ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ތިންމީހަކު ޝަހީދު ވެފައިވާއިރު، އެ ހަމަލާތަކުގައި ޒަޚަމް ވި މީހުންގެ އަދަދު ވަނީ ނުވަސަތޭކަ ފަންސާސް ފަހަކަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށްވެސް ބައިނަލްއަގްވާމީ މީޑިއާ ރިފޯޓް ތައް ބުނެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހާ އިސްރާއިލު ސިފައިން ބާރުގެ ބޭނުން ކޮށްފައިވަނީ، މުޒާހަރާ ކުރާ ފަރާތްތަށް ހުއްޓުވުމަށް އެކަށީގެން ނުވާވަރަށް ބާރުގެ ބޭނުން ނުކުރުމަށް ގޮވާލާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ އިންޒާރު ދެއްވާފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

އިއްޔެގެ މުޒާހަރާގައި ޒަހަމްވި މީހުންގެ ތެރެއިން 178 މީހުން ގަޔަށް ލައިވް ވަޒަން އަރާފައިވާއިރު، ޒަހަމްވި ގިނަ މީހުންނަކީ ބޭރުގައި ރަބަރު ފަށަލައެއް ލާފައި ހުންނަ ބާވަތުގެ ދަގަނޑު އުންޑަ އެރުމުގެ ސަބަބުންނާ ކަރުނަ ގޭހުގެ އަސަރު ކޮށްގެން ފަރުވާ ހޯދަން ޖެހުނު މީހުންކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ. ފަލަަސްތީނު ރައްޔިތުން އެމީހުންގެ ކާބަފައިންގެ ބިން ހޯދުމަށް ކުރަމުންދާ މުޒާހަރާއަށް ފަސްހަފްތާ ވެފައިވާއިރު މި މުޒާހަރާތަށް ކުރަނީ ކޮންމެ ހުކުުރުދުވަހެއްގެ ހުކުރު ނަމާދަށް ފަހު ޣާޒާގެ ބޯޑަރު ސަރަހައްދުގައެވެ.

މިދިއަ ހުކުރު ދުވަހުގެ މުޒާހަރާގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ އަޑުއުފުލާފައެވެ. މިމުޒާހަރާތަކުގައި ޒުވާނުންނާއި، ކުޑަކުދިންގެ އިތުރުން ގިނަ އަދަދެއްގެ އަންހެނުންވެސް ވަނީ ބައިވެރިވެފައެވެ. މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ކުރަމުން ދާ މި މުޒާހަރާގައި އިސްރާއިލުގެ ސިފައިންގެ ހަމަލާތަކުން ފަލަސްތީނުގެ 45 މީހުން ޝަހީދުވެފައިވާއިރު، ހަ ހާހަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...