މާލޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެއްވީ ރައީސް ޔާމީން- ފަލާހް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ

މާލޭގެ ރައްޔިތުންނަށް ރައީސް ޔާމީން އެއްވެސް ކަމެއް ކޮށް ނުދެއްވާ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރަމުންދާ އަބްދުﷲ ޝާހިދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެއްވީ ރައީސް ޔާމީން ކަމަށެވެ.

ފަލާހް ވިދާޅުވީ އަބްދުﷲ ޝާހިދު މިއަދު މުހައްމަދު ނަޝީދު އާއި އޭނާގެ އާއި އެކު މަސައްކަތް ކުރަމުން ދާ ފަރާތްތަކުގެ އަވައިގައި ޖެހިގެން ،ރަނގަޅު ނޫން ވާހަކަ ތައް ދައްކަވަމުން އަންނަ ކަމަށއެވެ. ފަލާހް ވަނީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން މާލެ އަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކުގެ ވާހަކަ ދައްކަވާއެވެފަ.

އެގޮތުން ފަލާހު ވިދާޅުވީ މާލޭގައި ބީޗްތަކާއި ޕާކްތަކާއި މޫދުގައި ރެސްޓޯރަންޓް އެޅުމުގެ ވިސްނުން ގެންގުޅުއްވާ، އެކަންކަން ކުރެއްވީ ހަމައެކަނި ރައީސް ޔާމިން ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، ރައީސް ޔާމީން މި ޤައުމާއި ހަވާލްވެވަޑައިގަތުމުގެ ކުރިން މި ރާއްޖޭގެ ބަޔަކު ވެރިކަން ކުރި ނަމަވެސް ތަރައްޤީ އެއް ނުގެނުވުނު ކަމަށެވެ.

އަދި މީގެކުރިން ވެރިކަން ކުރެއްވި ފަރާތްތަކައް، ވެރިރަށް މާލެ ކޮންމެ ގޮތަކަށްވެސް ބައްޓަން ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް ފުރުސަތުގެ ބޭނުން އެ ފަރާތްތަކަށް ނުހިފުނު ކަމަށް. އަދި އެ ފަރާތްތަކުން މާލޭ ރަނގަޅަށް ތަރައްޤީ ކުރަން ނޭންގުނު ކަން ފާހަގަ ކުރެއްވިއެވެ.

ފަލާހު ވަނީ ރައީސް ޔާމީން މިއަދުވެސް ވިދާޅުވަމުން ގެންދަވަނީ މާލޭގައި އަދިވެސް ޖާގަ ހުރިކަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވާކަންވެސް ފާހަގަ ކުރައްވާފައި.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...