އިންޑިޔާގެ ސްޓޭޓަކަށް އެތައް ހާސް ފަހަރަކު ހޮނު އަޅައިފި

އިންޑިއާގެ ދެކުނުގެ އަންދްރަ ޕްރަދޭޝް ސްޓޭޓަށް މިދިޔަ އަންގާރަ ދުވަހު 13 ގަޑިއިރު ތެރޭގައި 36،749 ފަހަރު ހޮނުއަޅައިފިއެވެ. 

ސްޓޭޓުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިއީ ނިސްބަތުން ބަލާއިރު ގިނަ އަދަދެއް ކަމަށާއި އެއީ މޫސަމަށް އާދަޔާޚިލާފު ބަދަލުތައް އަންނަކަމުގެ ނިޝާނެއް ކަމަށެވެ. ހޮނުއެޅުމުގެ ސަބަބުން އަންދުރަ ޕްރަދޭޝް ސްޓޭޓުން ވަނީ ނުވަ މީހުން މަރުވެފައެވެ.

އޭގެ ތެރޭގައި ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނޭ. ހުޅަނގު މޫސުގެ ދުވަސްވަރު ހޮނުއެޅުމަކީ އިންޑިއާގައި އާއްމު ކަމެކެވެ. ހުޅަނގު މޫސުން ދެމިގެން ދަނީ އާއްމުކޮށް ޖޫން އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރުގެ މޫސުމާ ބެހޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންދުރަ ޕްރަދޭޝް އަށް މެއި މަހު ހޮނުއަޅާފައި ވަނީ 30،000 ފަހަރުއެވެ. ވިއްސާރަ މޫސުމުގައި ހޮނު އެޅުމުގެ ސަބަބުން އިންޑިއާގައި ކޮންމެ އަހަރަކުވެސް އެތައް ބަޔަކު މަރުވެއެވެ. 

އެގޮތުން، 2005 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް ހޮނު އެޅުމުގެ ސަބަބުން، ދެހާހެއްހާ މީހުން ވަނީ މަރުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...